ޔަހުދީންނަށް ޖާސޫސްކޮށްދިން ޣައްދާރުން ކިބައިން ޣައްޒާ ސާފުކޮށްލަނީ

ހަމާސް ޖަމާޢަތްތަކުން ބުނަނީ ޣައްޒާގައި އަމާކަން ގާއިމް ކުރުމަށް ކުރިއަށްގެންދާ ސަލާމަތީ ޙަމަލާތަކަށް ގަބީލާ ބޮޑުންނާއި އިސް ރަށްވެހިންގެ ފުރިހަމަ ތާއީދު އޮތްކަމަށެވެ. ހަމާސްއިން ދަނީ ޔަހޫދީންނަށް ޖާސޫސްކޮށްދީ އަތްގާތް ކޮށްދީ މީހުން މެދުމުގައި އުޅުނު ޣައްޒާގެ މީހުން ހޯދައި އެމީހުން ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެމީހުން މައިދާންތަކުގައި އުޑަފައިން ބައިންދައި ބޮލަށް ބަޑިޖެހުން ހިމެނެއެވެ. މި ޙަމަލާތަކުގެ މަޤްޞަދަކީ އަމަން އަމާންކަން އަލުން ޤާއިމުކޮށް، އިސްރާއީލާއެކު މަސައްކަތްކުރާ ޖާސޫސުންނާއި ޣައްދާރުން ހޯދުން ކަމަށް ހަމާސްއިން ބުނެއެވެ.

ޣައްޒާގެ އެތެރޭގެ ކަންކަމާއި ޤައުމީ ސަލާމަތީ ވުޒާރާއިން ކުރިއަށްގެންދާ މި ޙަމަލާތަކުގައި ޤާނޫނު ތަންފީޒުކޮށް، ޖާސޫސުންނާއި، ވައްކަންކުރާ މީހުންނާއި، މަގުފޭރޭ މީހުންނާއި، އިސްރާއީލާއެކު މަސައްކަތްކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ފުޅާ ދާއިރާއެއްގައި ކުރެވެމުންނެވެ. މި ޙަމަލާތަކަށް ހުރިހާ ފަލަސްޠީނު ޖަމާޢަތްތަކެއްގެ އެއްބާރުލުން ލިބިފައިވެއެވެ.

ފަލަސްޠީނު ޤަބީލާތަކުގެ އެއްވުމުން ވަނީ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން އުފެދުނު ސަލާމަތީ ހުސްކަން ނަހަމަގޮތުގައި ބޭނުންކުރި ޖާއިނުން ހިންގި ޖަރީމާތައް ކުށްވެރިކޮށްފައެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރާ އެއްވެސް މީހަކަށް ޤަބީލާތަކުން ޙިމާޔަތް ނުދޭނެކަމަށް ބުނެފައެވެ.

ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުގެ ޑިރެކްޓަރ އިސްމާޢީލް އައްޘަވާބިތާ ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓުމާއެކު އަމަން އަމާންކަން އަލުން ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވެއެވެ. އަދި ސަލާމަތީ ބާރުތަކާއި ފުލުހުންނާއި ސިވިލް ޑިފެންސްގެ ބާރުތައް މިހާރު ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އަމަން ޤާއިމުކުރުމަށް ރުކުރުވާލެވިފައެވެ.

ހިއްސާ ކުރައްވާ!