ފަލަސްޠިނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޙަރަކާތުގެ ސިޔާސީ އޮފީހުގެ ވެރިޔާ ޝަހީދު ޔަހްޔާ އިބްރާހީމް ސިންވާރު ޝަހީދުވި މުނާސަބާއަށް އަހަރު ފުރުމާ ގުޅިގެން ޖެނޮސައިޑް ހިންގާ ޒަޔަނިސްޓު ޔަހޫދީ ސަރުކާރުން އޭނާ ޝަހީދު ކުރުމަށް ފަހު ނަގާފައިވާ ފޮޓޯއެއް ޝާއިޢުކޮށްފިއެވެ. ޔަހްޔާ ސިންވާރު ޝަހީދުވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި ރަފަހުގައި ޖެނޮސައިޑް ސިފައިން ދިންހަމަލައެއްގައެވެ.
ހަމާސްގެ ހަތިޔާރުއެޅި ގޮފި ޝަހީދު އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ވެސް ވަނީ މިމުނާސަބާއާ ދިމާކޮށް ޝަހީދު ޔަހްޔާ ސިންވާރުގެ ފޮޓޯއެއް ޝާއިޢުކޮށްފައެވެ. މި ފޮޓޯއާއެކު ހިމަނާފައި ވަނީ ޣައްޒާގައި ހިންގި ޖެނޮސައިޑް ޔަހޫދީ ހަނގުރާމަގައިގެ ތެރޭގައި އޭނާ ވިދާޅުވެފައިވާ، ދުވަސްވީ އަރަބި ޅެމެއް ކަމަށްވާ މިހާރު ދުނިޔޭގައި މަޝްހުރު ވެފަިއވާ ޅެމެއްގެ ބައިތަކާއެކުއެވެ. އެ ޅެންބައިތުގައި އޭނާ ވިދާޅުވި "މިނިވަންކަމުގެ ހަނގުރާމައިގައ ިއޮހޮރާލެވޭ ރަތް ލެޔާއެކު ރަތް ދޮރޯށީގައި ކޮންމެ އަތަކުން ޓަކި ޖަހައެވެ….." މި ބަސްކޮޅެވެ.
ޝަހީދު ޔަހްޔާ ސިންވާރު ޝަހީދު ކޮށްލުމުގެ ފުރަތަމަ އަހަރީ ދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ ހަނދާން އަބަދަށް ދެމިހުންނާނެ ކަމަށެވެ. އަދި ހަމާސްއިން އިތުރަށް ބުނެފައިވަނީ އަބޫ އިބްރާހީމް (ޔަހްޔާ ސިންވާރު) އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވި ކަމަށާއި، ޔަހޫދީ ދުޝްމަނުންގެ ދިދަ އިނދަޖެއްސި ކަމަށާއި އެމީހުންގެ ބާރު ކަނޑުވާލިކަމަށާއި އަދި، އެމީހުންގެ ލީޑަރުން ނިކަމެތިކުރުމަށް ހަގީގީ ޖިހާދެއް ކުރެއްވި ކަމަށެވެ. އަދި އޭނާގެ ހަށިކޮޅު ޣައްޒާގެ ބިމުން ގެއްލިފައިވީ ނަމަވެސް، އޭނާވަނީ ޝަހީދުންގެ ލޭ ފަލަސްޠީނަށާއި އުއްމަތަށް މަތިވެރި މަޖުދެއް ލިޔެދީފައި ކަމަށެވެ. އަދި އެތައް ދުވަހަކު ހަނގުރާމަ ކުރުމަށްފަހުވެސް ދުޝްމަނަށް މަޖުބޫރުވީ ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ޝަރުޠާ އެއްގޮތަށް އެމީހުންގެ ހަނގުރާމައިގެ އަސީރުން އަބުރާ ގެންދާށެވެ.
ޝަހީދުގެ ކަރާމާތަށް ޓަކައި ޔަހޫދީން ޝާއިއުކުރި ފޮޓޯ ގެނެސްދޭން އުޒުރުވެރިވަމެވެ.







