ހުޅަނގު އައްސޭރީގައި ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ ފަލަސްޠީނުގެ އުމުރުން 11 އަހަރުގެ މުހައްމަދު ބަހުޖަތު އަލްހައްލާގުގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި އެވެ. ފަލަސްތީނުގެ މީޑިއާ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ޝަހީދުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
ވަފާއިން ބުނިގޮތުގައި ބަހުޖަތު ޝަޙިދުކޮށްފައި ވަނީ ޔަހޫދީން ހިފާފައިވާ ޚަލީލު ސިޓީގެ ދެކުނުން އޮންނަ އައްރިހިޔާ އަވަށުގައެވެ. ވާފާއިން ބުނީ އޭނާ ޝަހިދުކޮށްފައި ވަނީ ސްކޫލް ކުޅިވަރު ކުޅޭ ސަރަހައްދެއްގައި ކުދިންނާއެކު ފުޓްބޯޅަ ކުޅެން ތިއްބާ ޖެނޮސައިޑް ސިފައިންގެ ގްރޫޕަކުން އައިސް ބަޑިޖަހައި އޭނާ ޝަކާރަ ކޮށްގެން ކަމަށެވެ،. ބަޑި ޖެހުމާއެކު އޭނާގެ ހާލު ސީރިއަސް ވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ޝަހީދު ވެފައެވެ.





