އަފްޣާނިސްތާނާއި ޕާކިސްތާންގެ ދެމެދު ބަދަލު ކުރަމުންދިޔަ ހަމަލަތައް ހުއްޓާލުމުގެ މުއްދަތު އިތުރު ކުރުމަށް އެއްބަސްވުމަށްފަހު ވެސް ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފިއެވެ. ދެ ފަރާތުން ބަދަލުކޮށްފައިވާ ހަމަލަތަކާއެކު 48 ގަޑިއިރު ވަންދެން ހަމަލަތައް ހުއްޓާލަން އެއްބަސްވިއެވެ.
އަފްޣާނިސްތާނުން ބުނާ ގޮތުގައި ޕާކިސްތާނުން ހަމަލަތައް ދީފައި ވަނީ ހަމަލަތައް ހުއްޓާލައިގެން ތިބުިމުގެ މުއްދަތު އިތުރުކުރުމަށް ނިންމިތާ އެއް ގަޑިއިރު ފަހުން ނެވެ. ތާލިބާނުން ބުނަނީ ޕާކިސްތާންގެ ހަމަލަތައް ސަރަހައްދު ހުރަސްކޮށް އަފްޣާނިސްތާނުގެ އެތެރެއަށް ޕަކްޓިކާ ޕްރޮވިންސްގެ ބައެއް ޑިސްޓްރިކްޓްތަކަށް ދީފައިވާ ކަމަށެވެ.
އަފްޣާން ޠުލޫޢު ނީސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި އޮންނަ އާގުން އަދި ބަރްމާލް ޑިސްޓްރިކްޓްގެ ބައެއް ގެތަކަށް ބޮން އަޅާފައި ވެއެވެ. މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.




