ޖެނޮސައިޑް ހިންގާ ޒަޔަނިސްޓުން ޖެނޮސައިޑް ނިންމުމަށް އެއްބަސްވެފައިޥާ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފް ވަމުންދާތީ، އެކަމަށް މެދުވެރިވި ފަރާތްތަކުން ޔަހޫދީންނަށް ފިއްތުމަށް ހަމާސްއިން އެދެފިއެވެ.
ޖެނޮސައިޑް ފޯސް އިން ދަނީ ބަޑި ޖަހައި ގައްޒާގައި މީހުން ޝަހީދު ކުރަމުންނެވެ.
ޖެނޮސައިޑް ސަރުކާރުން ވަނީ ރަފަހަ މެދުވެރިކޮށް މިސްރުން ތަކެތި ވެއްދުމަށް ހުރަސް އަޅާފައެވެ.
ޣައްޒާއަށް ގެންދާ އެހީތައް ހުއްޓުވުމަށް ޔަހޫދީންގެ އާންމުން ދަނީ މަގުތައް ބަންދު ކުރަމުންނެވެ.
ހަމާސްއިން ވަނީ ޖެނޮސައިޑް ސަރުކާރަށް ގެރެންޓީ ދިން ގައުމުތައް ކަމަށްވާ މިސްރާއި ގަތަރާއި ތުރުކީއަށް ޔަހުދީންގެ ސަރުކާރަށް ފިއްތުމަށް ގޮވާލާފައެވެ. އަދި ހަމާސްއިން ގޮވާލީ ޣައްޒާއަށް ބޭނުންވާ މިންވަރަށް އަދި އެއްބަސްވެފައިޥާ އަދަދަށް އެހީގެ ލޮރިތައް ވެއްދުމާއި ދެފަރާތަށް ރަފަހަ ޗެކްޕޯސްޓު ހުޅުވުމާއި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށެވެ.




