ޕާކިސްތާންގައި އުޅޭ އަފްޣާން މީހުން ޕާކިސްތާން ދޫކޮށް ދިއުމަށް އިންޒާރެއް ނެރެފި

ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރައްޔިތުން އެނބުރި އެމީހުންގެ ގައުމަށް ދިއުމަށް ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ އިންޒާރު ދެއްޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ބިމާއި ޕާކިސްތާނުގެ ވަސީލަތްތަކަކީ އެގައުމުގެ 250 މިލިއަން ރައްޔިތުންނަށް ޚާއްސަ އެއްޗެކެވެ.

ޚަވާޖާ އާސިފުގެ މި އިންޒާރު އައިސްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމާއި ޚިލާފްވެ ޕާކސިްތާނުން ހަމަލަތައް ބަދަލު ކުރުމަށް ފަހުއެވެ. ޕާކިސްތާނުން ޕަކްޓިކާ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދިންކަމަށް ތާލިބާނުން ތުހުމަތު ކުރުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ތާލިބާނުގެ އިސް އޮފިޝަލެއް ވަނީ ބުނެފައެވެ.

ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި ޕާކިސްތާނުން ވަނީ ބޯޑަރުގައި ހިނގާ ޓެރަރިޒަމުގެ އަމަލުތަކާ ގުޅޭ ގޮތުން 800 އަށްވުރެ ގިނަ އިހުތިޖާޖީ ނޯޓާއި 13 ރަސްމީ ޑިމާޝް އަފްޣާނިސްތާނަށް ފޮނުވާފައެވެ. އަދި މީގެ ފަހުން އިތުރު އިހުތިޖާޖީ ނޯޓުތަކެއް ނުވަތަ އަމާނަށް އެދި އިލްތިމާސްތަކެއް ނުކުރާނެ ކަމަށާއި، ޓެރަރިޒަމްގެ މަސްދަރު ފެންނަން އޮތް ކޮންމެ ތަނަކަށް  އޭގެ ބަދަލު ހޯދަން ޕާކިސްތާނުން ހަމަލަ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތާލިބާން ވެރިކަން އައި ފަހުން 10،000 އަށްވުރެ ގިނަ ހަމަލާގައި 3،800 އަށްވުރެ ގިނަ މީހުން، މަރުވެފައި ވެއެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންނާއި ސިފައިންނާއި ފުލުހުންގެ މީހުން ހިމެނޭ ގޮތަށް، ގިނ ަބަޔަކު މަރުވެފައިވެއެވެ. އަދި ތާލިބާނުން އިންޑިއާގެ ޕްރޮކްސީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އާސިފު ވަނީ ތުހުމަތު ކުރައްވާފައވެ. ދެގައުމުގެ ދެމެދު މަސްރަހު ހޫނު ވެގެން ދިޔައީ އަފްޣާންގެ ޚާރިޖީ ވަޒީރު މައުލަވީ އާމރުޚާން މުއްތަޤީ އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެންނެވެ

ހިއްސާ ކުރައްވާ!