އިޒްރޭލުން ޖެނޮސައިޑް ހިންގަނީ އެމެރިކާއިން ވާގިވެރިވެގެން ކަމަށް ހަމާސްއިން ބުނެފި

ޔަހުދީން ޖެނޮސައިޑް ފެށުމުން އެމީޙުން ކުށްވެރި ކުރުމުގެ ބަދަލުގައި ހަމާސް ބަދުނާމުކޮށް އެމރިކާގެ ޚާރިޖިއްޔާއިން މިއަދު ބަޔާން ނެރުމުން ހަމާސްއިން ވަނީ އެމރިކާ ކުށްވެރިކޮށްފައެވެ.

ޙަމާސްއިން ބުނެފައިވަނީ އެމެރިކާގެ މިފަދަ ބުހުތާން ދޮގު ތުހުމަތުތަކަކީ އިސްރާއީލްގެ ޖެނޮސައިޑް ފޮރުވައި އޮޅުވާލުމަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޖެނޮސައިޑް ހިންގާ އިޒްރޭލާއެކު އެމެރިކާއިން ދުރާލައި ރާވައިގެްނ ވިލަރެސްކޮށްގެން ހިންގާ ކެމްޕޭނުގެ ބައެއް ކަމަށެވެ. އަދި މިކަމަކީ ޔަހޫދީން ދެމުންދާ ޖެނޮސައިޑް ހަމަލާތަކަށް ރައްކާތެރިކަން ދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވެސް ބުނެފައި ވެއެވެ.

އިސްރާއީލުން ވާގިވެރިވެ ހަތިޔާރު ދީ، ފައިސާ ދީގެން މީހުން މެރުމާއި، ވަގަށްނެގުމާއި، އެހީގެ ޓްރަކުތައް ވަގަށް ނެގުމާއި، އާންމު ރައްޔިތުންނަށް ހަމަލާދިނުމުގެ ޢަމަލުތައް ހިންގާފައިވާކަން މީޑިއާ އާއި ވީޑިއޯ ފުޓޭޖުން ސާބިތުވާކަމަށް ޙަމާސްއިން ފާހަގަކޮށްފައިވެއެވެ. ހަމާސް އިން ބުނަނީ އަބޫ ޝަބާބް ޓެރަރިސްޓް ގުރޫޕް ލައްވައި ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާ ހިންގަމުން ގެންދާ ކަމަށެވެ. އަަދި މިއަދު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމާސްއަށް އަބޫ ޝަބާބްގެ ލީޑަރު ހުރިތަން ވަނީ ހޯދައި ގަނެވިފައެވެ.

ހިއްސާ ކުރައްވާ!