ޖެނޮސައިޑް ހިންގާ އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގައި 42 މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ޔަހޫދީން ޕްރޮޕެގެންޑާ ކުރަމުން ބުނީ މި ހަމަލާތައް ދެނީ ހަމާސްއިން އެއްބަސްވުމާ ޚިލާފް ވުމުން ކަމަށެވެ. އަދި ރަފަހުގައި ޔަހޫދީ ޖެނޮސައިޑް ފޯސްގެ ދެމީހަކު ނައްތާލާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ހަމާސްއިން މިކަން ދޮގުކުރަމުން ބުނަނީ އެއްވެސް ހަމަލާއެއްގައި ބައިވެރި ނުވާ ކަމަށާއި ޖެނޮސައިޑް ނިންމުމަށް ޝަރުތުކުރި ކަންކަމަށް ހަމާސްއިން އަމަލުކުރަމުންދާ ކަމަށެވެ.
މިހާތަނަށް ހަމާސްއިން އިން ވަނީ ހަނގުރާމައިގެ އަސީރުން މިނިވަން ކޮށްފައެވެ. އަދި އަސިރުންގެ ގތުގައި ތިއްބައި ޔަޙޫދީންގެ ވައިގެ ހަމަލަތަކުގައި މަރުވެފައިވާ އަސީރުންގެ ތެރޭން މިހާތަނަށް ހޯދިފައިވާ މީހުންވެ ގަބުރުވެސް ހަވާލުކޮށް ފައެވެ. އަދި ބާކީ ތިބި މަރުވެފައިވާ އަސީރުންގެ ގަބުރުތައް ހޯދައިކޮނެގެން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެއެވެ.
ޖެނޮސައިޑް ފޯސްއިން ބުނަނީ ގަތުލުއާންމު ހިންގަނީ، ޖެނޮސައިޑް ފޯސްއިން ކަނޑައަޅާފައިވާ ފަލަސްޠީނު މީހުންނަށް ހުރަސް ކުރުން މަނާ ވައިގެ ތެރޭގައި ކުރަހާފައިވާ "ޔެލޯ ލައިން" އާ ޚިލާފް ވުމުން ކަމަށެވެ. މި ޔެލޯލައިނަކީ ޖެނޮސައިޑް ހުއްޓާލަން އެއްބަސްވި އެއްބަސްވުމުގައި ޔަހޫދީން ތިބޭކަމަށް ބުނާ ރޮނގެވެ. މި ރޮނގު އެނގޭނީ މޮބައިލް ފޯން ގެންގުޅޭ މީހަކަށެވެ. ޖެނޮސައިޑްގައި ވިއްސިވިހާލިކޮށްފައިވާ ފަލަސްޠީނު މީހުންގެ ގިނަ ބަޔެއްގެ އަތުގައި މޮބައިލް ފޯނެއް ނޯވެއެވެ. އެހެންވެ އެމީހުންގެ ގެތައް ހޯދުމަށް ސަރަހައްދުތަކަށް ވަންނައިރު އެ ޔެހޫދީ ރޮނގު އެމީހުންނަކަށް ނޭނގެއެވެ.
ޖެނޮސައިޑް ފޯސްއިން ބުނަނީ މި ރޮނގު ފަހަނައަޅައިފި ކޮންމެ މީހަކަށް ހަމަލާދޭނެ ކަމަށް އިސްރާއީލުން ބުނެއެވެ.
އޮކްޓޯބަރު 10 ގައި ޖެނޮސައިޑް ހުއްޓާލުމަށް އެއްބަސްވި ފަހުން އަހުދާ ޚިލާފް ވުމުގެ ދިގު މާޒީއެއް އޮންނަ ޔަހޫދީން ވަނީ މިހާތަނަށް ފަލަސްތީނުގެ 100އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްފައެވެ.






