ޔަހޫދީންގެ ލޮލުން ނިދު ނިގުޅައިގަންނަ ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ އުމުރުން 6 އަހަރުގެ ހިންދު ރަޖަބު އާއި އާއިލާ ގަތުލުއާންމެއްގައި ޝަހީދުކޮށްލި ޔަހޫދީ މުޖުރިމުންގެ ނަމާއި ވަނަވަރާއެކު ހޯދާފައެވެ.
އެމެރިކާއިން ވާގިވެރިގެން ބިރަކާއި ނުލައި ޖެނޮސައިޑް ހިންގާ ޔަހޫދީން ހިންދު ރަޖަބު ޝަހީދުކޮށްފައި ވަނީ 335 ވަޒަން އޭނާއާ ދިމާއަށް ފޮނުވައިގެންނެވެ.
ބެލްޖިއަމްގެ ވެރިރަށުގައި އުފައްދާފައިވާ ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ މަތީ ލަންޑަންގެ ގޯލްޑްސްމިތުސް ޔުނިވާސިޓީ އޮފް ލަންޑަންގެ ފޮރެންސިކް އާކިޓެކްޗާ ލެބާ ގުޅިގެން މަތީފެންވަރުގެ ޓެކްނޮލޮޖީ އާއެކު އޯޑިއޯއާއި ވީޑިއޯއާއި ސެޓެލައިޓް ޑޭޓާ ބޭނުން ކޮށްގެން ފޮރެންސިކް ތަހުލީލެއް ހިންގާފައެވެ.
މީގެ ކުރިން ގޯލްޑްސްމިތު ޔުނިވާސިޓީން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހަދައިދިން ޔަހޫދީންގެ ޖަރީމާތަކާ ގުޅޭ ދިރާސާ:
ޣައްޒާގެ ނަސްލު ނައްތާލުމުގެ ޗާޓެއް ކުރަހައި އދގެ ކޯޓަށް ހުށަހަޅައިފި
ޔަހުދީން ހިންދު ރަޖަބްއާއި އާއިލާ ޝަހީދުކޮށްލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ޣައްޒާގެ ތައްލުލްހަވާ ސަރަހައްދުގައެވެ. އެއާއިލާ އެއްކޮށް ޝަހީދުކޮށްލީ ކާރުގެ ތެރޭގައި ތިއްބައެވެ. މި ކާރު މިހާރު ވަނީ ބެލްޖިއަމްއަށް ގެންގޮސް އާންމުކޮށް ދައްކާލުމަށް ބާއްވާފައެވެ.
ހިންދުގެ އާއިލާ ދަތުރު ކުރި އުފުލާ ކާރަށް ޔަހޫދީން ހަމަލަ ދިނީ 75 ފޫޓު ދުރުގައި ޔަހޫދީންގެ ޓޭންކެއްގެ ތެރޭގައި ތިބެގެންނެވެ.
ފޯނުން ވާހަކަ ދައްކަމުން ހިންދު ރަޖަބްގެ އެންމެ ފަހު ބަހަކީ: "ޓޭންކް މިއޮތީ އަހަރެމެންގެ ކުރިމަތީގައި" ކަމަށެވެ. އެއަށްފަހު އަބަދަށްޓަކައި މައުސޫމު 6 އަހަތުގެ ކުއްޖާގެ އަޑު ކެނޑިގެން ދިޔައެވެ.
ޔަހުދީން މި ހަމަލަ ދީފައި ވަނީ އެމީހުންނަށް މި ކާރުން އެއްވެސް ނުރައްކަލެއް ނެތް ހިނދެއްގައި ކަން ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ސާބިތުކޮށްދީފައެވެ. އަދި މިހާރު އެނގިފައިވާ ގޮތުގައި ޔަހޫދީ ޖެނޮސައިޑް ފޯސް އިން ވަނީ ސިކުންތަކު 900 ވަޒަން ފޮނުވާފައެވެ.
ހިންދު ރަޖަބް ފައުނޑޭޝަނުން ވަނީ ޔަހޫދީ ގާތިލުންގެ ނަމާއި ވަނަވަރާއި ފޮޓޯތަކާއެކު މުޖުރިމުންގެ މައުލޫމާތު އެއްކޮށްފައެވެ.
- ޖަރީމާ ހިންގީ ޖެނޮސައިޑް ފޯސްގެ އާމަރޑް ކޯޕްސްގެ 401 ވަނަ ބްރިގޭޑް އިން
- ކޮމާންޑަރަކީ އަހާރޮން
- މި ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ މި ބްރިގޭޑްގެ 52 ވަނަ ބެޓޭލިއަން ކޮމާންޑް ކުރި ކާނަލް ޑޭނިއަލް އެލާ
- މީނާއަކީ އަމާޒަށް ބަޑި ޖަހާ "ވެމްޕަޔަރ އެމްޕަޔަރ" ސިފައިންގެ ގުރޫޕުގެމީހެއް.
- އެ ގްރޫޕުގެ ޝިއާރަކީ "އަމުރުތަކަށް އިންތިޒާރު ކުރުމެއް ނެތި" "ޖަނަވާރުންނަށް" ބަޑި ޖެހުން
- ވެމްޕަޔަރ އެމްޕަޔަރ ކޮމާންޑް ކުރަނީ އޮފިސަރ ޝޯން ގްލާސް
- ތަހުގީގުން އެނގުނު ގޮތުގައި ގްލާސް އަކީ ކާރަށް ބަޑިޖަހައި، އޭގެ ފަހުން ހިނދު ސަލާމަތް ކުރަން އައި އެމްބިއުލާންސަށް އަމާޒުކޮށް ބަޑި ޖަހަން އަމުރު ކުރި މީހާ
- ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް މި އެންމެންގެ ފައިލު ދައުވާއާއެކު ހުށަހަޅާފައި
- ދައުވާގައި ހިމެނެނީ އޮފިސަރު ގްލާސް އާއި އޭނާގެ ކޮމާންޑަރު ޑޭނިއަލް އެލާ އާއި އެކު އިތުރު ސިފައިންގެ މީހެއް ކަމަށްވާ އިސްރާއީލާއި އާޖެންޓީނާގެ ރައްޔިތެއް ކަމަށްވާ އިޓޭ ޝުކަރްކޯވް
- އެ ފައުންޑޭޝަނުން ވަނީ ޝުކަރްކޯވް އާ ދެކޮޅަށް އާޖެންޓީނާގައި ދައުވާ ކޮށްފައި
- ގެ ޝަރުއީ ދާއިރާއަށް ރަސްމީކޮށް ދައުވާކޮށްފަ އެވެ.
އިސްރާއީލުގެ ސަލާމަތީ މާހިރު ޔޯސީ މެލްމަން ބުނަނީ ހިންދު ރަޖަބްގެ ދައުވާތަކާހެދި ޖެނޮސައިޑް ފޯސްގެ ވެރިންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ މިންވަރު ހާމަވެގެން ދާކަމަށެވެ.
ހިންދު ޖަރަބުން އިސްރާއީލުގެ ސިފައިންގެ ފަހަތުން ދުވުމުން "ބިރުވެރި ހުވަފެނަކަށް އެނަން ވެފައިވާ" ކަމަށާއި، ޝިން ބެޓް އާއި މޮސާޑުން ދަނީ ސިފައިން ތަންތަނަށް ދާއިރު ފާރަލަމުން ރައްކާތެރި ފިޔަވަޅު އަލައި ދެމުން ކަމަށް ބުނެއެވެ.
އިސްރާއީލުން ދަނީ "ހައްޔަރުކުރުމުގެ އަމުރު ނެރުން ހުއްޓުވުމަށާއި އަމުރު ތަންފީޒުކުރުމަށް ހުރަސްއެޅުމަށް ޑިޕްލޮމެޓިކް އަދި ޝަރުއީ ގޮތްތައް" ބޭނުން ކުރަމުންނެވެ.
ހިންދު ރަޖަބް ފައުންޑޭޝަންގެ އެއް ބާނީ ކަރީމް ހަސަން ވިދާޅުވަނީ މިފަދަ މައްސަލަތަކުގައި ހެކިބަސް ދޭ ފަލަސްޠީނު ހެކިންގެ ނަން ޝާއިއު ކުރުމަށް ފަހު ޖެނޮސައިޑް ފޯސްއިން އެމީހުން ޝަހީދުކޮށްފައިޥާ ކަމަށެވެ. އަދި ނަސްލު ނައްތާލުމުގެ ހެކި ހުރި ކޮންމެ މީހަކު ވެސް އަމާޒަކަށް ވެދާނެ އކަމަށް ބުނެއެވެ.






