ހުޅަނގު އައްސޭރި އަކީ އިޒްރޭލުގެ ބައެއް ކަމަށް ޔަހޫދީންގެ މަޖިލީހުން ފާސްކުރަނީ

ހިފާފައިޥާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަކީ ޖެނޮސައިޑް ހިންގާ ޒަޔަނިސްޓު ޔަހޫދީންގެ ސަރުކާރަށް ތަބާވާ އެމީހުންގެ ސިޔާދަތު ހިނގާ ބިމެއް ކަމަށް ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކުރާނެ އެވެ. މި ކަމަށް ޔަހޫދީންގެ ގާނޫނު ހަދާ މަޖިލިސް ކެނެސެޓަށް ހުށަހަޅާފައިޥާ ބިލުގެ ފުރަތަމަ އަޑުއެހުންތައް ނިމި ވޯޓަށް އެހުމަށް ތައްޔާރުކޮށްފައިވާ ކަމަށް ޔަހޫދީންގެ މީޑިއާއިން ރިޕޯޓް ކޯށްފައި ވެއެވެ.

މި ބިލަކީ "ހުޅަނގު އައްސޭރީގެ މައްޗަށް ސިޔާދަތު ހިންގުމުގެ ބިލު" ގެ ނަމުގައި ކުރިއަށް ގެންދާ ބިލެކެވެ.

ހިއްސާ ކުރައްވާ!