ޖެނޮސައިޑް ހިންގާއިރު ސިއްޙީ ދާއިރާ ހަލާކު ކޮށްލަން ޖެހޭނީ ކިހާވަރަކަށްބާ؟

ޖެނޮސައިޑް ގައި ޣައްޒާގެ 94 އިންސައްތަ ހަސްފަތާލުތައް ޖެނޮސައިޑް ޔަހޫދީ ފޯސްއިން ހަލާކުކޮށްލާފައި ވެއެވެ. ގިނަ ހޮސްޕިޓަލްތައް އަންދާ ލުމާއި ބޮން އެޅުމާއި އެތަންތަން އެއްކޮށް ކޮނެ ބޭނުން ނުކުރެވޭ ގޮތަށް ވީރާނާ ކޮށްލުމަކީ ޔަހޫދީ ޖެނޮސައިޑް ފޯސްގެ އިންޖިއަރިންގެ ކުޅަދާނަކަން ދައްކައިދޭ ކަމެކެވެ. އެތަންތަނުގައި ޚިދުމަތް ދިނުން މިހާރު ވަނީ ހުއްޓާލާ ފައެވެ. ޔަހޫދީ ޖެނޮސައިޑްގެ އަތްމަތީ ފޮތެއް އޮންނަ ނަމަ އޭގެ އިރުޝާދާއެއްގޮތަށް ގިނަ ޑޮކްޓަރުންނާއި ސިއްހީ މަސައްކަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުންދަނިކޮށް ގިނަ ސިއްހީ މަސައްކަތްތެރިން ވަނީ ހައްޔަރު ކޮށްފައެވެ. ޣައްޒާގެ ނާޒުކު ސިއްހީ ނިޒާމަށް ޔަހޫދި ޖެނޮސައިޑް ފޯސްއިން ވަނީ ބޮޑު ބުރައެއް އިތުރު ކޮށްފައެވެ.

އޮކްޓޯބަރ 7، 2023 އިން އޮކްޓޯބަރ 20، 2025 އަށް ފަލަސްޠީނުގެ ސިއހީ މަސައްކަތްތެރިންގެ ޖުމްލަ 431 ފަލަސްތީނު މީހުން ވަގަށް ނަގާފަ އެވެ. މީގެ ތެރެއިން 309 މީހުން މިހާރު ވަނީ ދޫކޮށްފާފައެވެ. އޭގެ ތެރޭގައި އޮކްޓޯބަރ 13 ގައި ހިންގި އެންމެ ފަހުން ހަނގުރާމައިގެ އަސީރުންނާއި ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން ބަދަލުކުރުމުގެ ޑީލްގައި ދޫކޮށްލެވުނު 67 މީހުން ހިމެނެއެވެ. ވަނުވާ ނޭނގި ފަލަސްޠީނުގެ ސިއްހީ މަސައްކަތްތެރިން ގެ 5 މީހުން އަދިވެސް ވަނީ ނުފެނިފައެވެ. އަދި ވަގަށް ނަގައިގެން ޔަހޫދީން އަނިޔާކުރަމުން ދަނިކޮށް 5 މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މިހާރުވެސް ބަންދުގައި ތިބި ސިއްހީ މަސައްކަތްތެރިންގެ 95 މީހުންގެ ތެރެއިން 80 މީހުންނަކީ ޣައްޒާއިން ވަގަށް ނަގާފައިވާ މީހުންނެވެ. އަދި 15 މީހުންނަކީ ހުޅަނގު އައްސޭރިން ވަގަށް ނަގާފައިވާ މީހންނެވެ. ޣައްޒާއިން ވަގަށް ނެގި މީހުންގެ ތެރޭގައި 31 ނަރުހުން، 17 ޑޮކްޓަރުން، 15 ހޮސްޕިޓަލް މުވައްޒަފުން، 14 ޕެރަމެޑިކުން، 2 ފާމަސިސްޓުން އަދި އެއް މެޑިކަލް ޓެކްނީޝަން ހިމެނެއެވެ. މީގެ ތެރެއިން 25 މީހުންނަކީ އިސް މަޤާމުތަކުގައި ތިބި މީހުންނެވެ. އަދި އެންމެ އަންހެނަކު ފިޔަވައި ދެންތިބި އެންމެންނަކީ ފިރިހެނުންނެވެ.

ހިއްސާ ކުރައްވާ!