އެންމެ މަތީ ދެ ޕަސެންޓުގެ ސައިންޓިސްޓުންގެ ލިސްޓުގައި އިންޑިއާ ޑޮކްޓަރުން ހިމެނިއްޖެ

ގެ '2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަތީ 2 ޕަސެންޓް ސައިންޓިސްޓުންގެ ލިސްޓް' އަށް ގިނަ އަދަދަކަށް އިންޑިއާގެ ޑޮކްޓަރުން އިތުރުވުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. އަދި މިއީ މެޑިކަލް ދާއިރާގެ ރިސާޗްތަކުގައި އިންޑިއާގެ ޤާބިލުކަން އިތުރުވަމުން އަންނަ ކަމެއް ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. 

ސްޓޭންފޯޑް ޔުނިވަރސިޓީން އާންމުކުރި ލިސްޓުގައި، އިންޑިއާގެ އެންމެ މަތީ ދަރަޖައިގެ އިންސްޓިޓިއުޓްތަކުން 6,000 އަށް ވުރެ ގިނަ ފެކަލްޓީ މެމްބަރުން ހިމެނިފައި ވެއެވެ. އެއީ 14 އޯތޮޕީޑީޝަނުންނާއި 41 ޕީޑިއަޓްރީޝަނުންނާއި އެހެނިހެން ރިސާޗަރުންނެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވި ގޮތުގައި، މި ސައިންޓިސްޓުންނަށް މި ޝަރަފު ލިބިފައިވަނީ، މެޑިކަލް ދާއިރާއަށް އިސްކަންދެވޭ ރިސާޗުތަކާއި، ކްލިނިކަލް ކާމިޔާބީތަކާއި، މި ދާއިރާއަށް ގެނެސްދީފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މިއީ އިންޑިއާގެ ސައިންޓިފިކް މުޖުތަމަޢުގެ އީޖާދީ ގާބިލުކަމާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކާމިޔާބީތަކުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

މި ލިސްޓުގައި، ޖުމްލަ 6,239 ފެކަލްޓީ މެމްބަރުން އިންޑިއާއިން ހިމެނިފައި ވެއެވެ. އަދި އެންމެ ގިނަ އަދަދެއް ގެ ސިރާސާތައް ހިއްސާކޮށްފައި ވަނީ އިންޑިއަން އިންސްޓިޓިއުޓްސް އޮފް ޓެކްނޮލޮޖީ އިންނެވެ. 

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް) އިން ޖުމްލަ 80 ރިސާޗަރުން ހިމެނިފައިވެއެވެ؛ އޭގެ ތެރެއިން 56 ރިސާޗަރުންނަކީ އައިމްސް ނިއުދިއްލީގެ ޑޮކްޓަރުންނެވެ.

އިންޑިއާގެ ސައިންޓިސްޓުން ގިންތިކޮށްފައި ވަނީ އެމީހުން ލިޔެފައިވާ ދިރާސަތަކާއި އެ ދިރާސަތަކަށް އެހެން ފަރާތްތަކުން ހަވާލާދޭ ނިސްބަތަށް ބަލައިގެންނެވެ.

ހިއްސާ ކުރައްވާ!