ހަނގުރާމައިގެ ޖަރީމާތައް ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާފައިވާ ޖަރުމަންއާއި ޔަހޫދީ ދައުލަތަށް ނިސްބަތްވާ ޔަހޫދީއަކާ ދެކޮޅަށް ޖަރުމަންވިލާތުގެ ކޯޓެއްގައި ހިންދު ރަޖަބް ފައުންޑޭޝަނުން ދައުވާ ކޮށްފިއެވެ. ހިންދު ރަޖަބު ފައުންޑޭޝަނުން ދައުވާ ކޮށްފައި ވަނީ އިސްރާޢީލުގެ ސިފައިންގެ މީހެއް ކަމަށްވާ ޝިމޮން ޒަކަރްމަން (މެދުގައި) އާ ދެކޮޅަށެވެ. މި މުޖުރިމަކީ، ޣައްޒާގެ ޚުޒާޢާ އަވަށުގަ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ އަދި އޭނާއާ ދެކޮޅަށް އަމިއްލަ ހެކިބަހުން ސާބިތު ހެކި ލިބެން ހުރި މީހެކެވެ.
ހިންދު ރަޖަބް ފައުންޑޭޝަންގެ ނަން ނިސްބަތްވަނީ ޔަހޫދީ ޖެނޮސައިޑް ފޯސްއިން ޣައްޒާގައި ޝަހީދުކޮށްފައިވާ ހިންދު ރަޖަބުގެ ނަމަށެވެ. މި ފައުންޑޭޝަނުން މަސައްކަތް ކުރަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރައި ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމަށް ފަޚުރުވެރިވާ ޔަހޫދީ މުޖުރިމުން ހޯދާ، އެމީހުންގެ ވަނަވަރު ދެނެގަތުމަށެވެ.
އެ ފައުންޑޭޝަނުން ބުނާ ގޮތުގައި ޒަކަރްމަންގެ އިންސްޓަގްރާމް އެކައުންޓުގައި، އޭނާ ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގި ސަރަޙައްދުތަކާއި އޭނާގެ ޢަމަލުތަކުގެ އިތުރުން، ޚާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޢިމާރާތްތައް ހަލާކުކޮށްލި މަންޒަރުތައް ދައްކުވައިދޭ ގިނަ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށްފައެވެ.
ޔަހޫދީން ފޮނިކަނޑަން މީސްމީޑިއާއަށް ލާފައިވާ ފޮޓޯތައް ދިރާސާކޮށްގެން ލަންޑަންގެ ގޯލްޑްސްމިތު ޔުނިވާސިޓީންވެސް ދަނީ ދިރާތާއް އެކުލަވާލައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އަދި އަލްޖަޒީރާއިން ވަނީ ޖެނޮސައިޑް ހިންގަން އުޅުނު 30 ހާސް ޔަހޫދީ ސިފައިންގެ ފޮޓޯއާއި ވަނަވަރާއި އެމީހުންގެ ޖަރީމާތައް ހިމަނައިގެން ޑޭޓާބޭސްއެެއްވެސް އެކުލަވާލާފައެވެ. .
އިޒްރޭލާއި ޖަރުމަނުގެ ރަށްވެހިކަން އޮންނަ ޒަކަރްމަން، ގެ އެންމެ ބޮޑު “ޖަރީމާ” އަކީ ޚުޒާޢާ އަވަށުގެ ބިލްޑިންތައް ގޮއްވާލުން ކަމަށް ފައުންޑޭޝަނުން ބުނެފައިވެއެވެ.
ހިންދު ރަޖަބްގެ ދައުވާގައި ހެކިންގެ ގޮތުގައި ބެލިންގްކެޓް އަދި ދަ ވޮޝިންގްޓަން ޕޯސްޓް ފަދަ އަމިއްލަ ތަޙްޤީޤީ ނޫސްވެރިކަމުގެ ޕްލެޓްފޯމުތަކުން ކޮށްފައިވާ ދިރާސާތައްވެސް ހިމަނާފައި ވެއެވެ. އެމަސައްކަތްތަކުން ޒަކަރްމަން އާއި އޭނާގެ ޔުނިޓުގެ ވަނަވަރާއި، އެމީހުން ޙަރަކާތްތެރިވި ތަންތަނާއި، ހިންގި އޮޕަރޭޝަންތައް ވަނީ ޔަޤީން ކުރެވިފައެވެ.
ހިންދު ރަޖަބު ފައުންޑޭޝަނުން އެދިފައި ވަނީ ޒަކަރްމަން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށާއި، އަދި ޝަރީޢަތުގެ ކުރިން އޭނާ ބަންދުގައި ބަހައްޓައި ދިނުމަށެވެ.






