ފަލަސްޠީނު މީހުންގެ އުންމީދުތައް ތަމްސީލުކުރާ ހަމައެކަނި ޖަމާއަތަކީ ޕީއެލްއޯ: ހަމާސް

މިސްރުގެ ސީސީ ރައީސްގެ އެދިވަޑައިގަތުމަށް ފަލަސްޠީނުގެ ޖަމާއަތްތަކުން ވަނީ މިސްރުގައި ދެ ދުވަސްވަންދެން ބައްދަލުވުން ބާއްވައި ޓްރަމްޕްގެ ޖެނޮސައިޑް ހުއްޓާލާ 21 ނުކުތާގެ ހުށަހެޅުމަށް ޖަބާދި ދިނުމާ މެދު ބަހުސްކޮށްފައެވެ.

އެ ބައްދަލު ވުން އެއްބަސްވީ ދެ ކަމަކަށެވެ. އެއީ ޣައްޒާގެ ކަންކަން ހިންގުމަށް ފަލަސްޠީނުގެ ފަންނީ މީހުންގެ ކޮމިޓީއެއް އެކުލަވާލުމަށާއި ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަލުން ހަރަކާތްތެރި ކުރުމަށެވެ.

އަދި ހަމާސްއިން ބުނެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އުންމީދުތައް ތަމްސީލުކުރާ އެންމެން ރުހޭ ހަމައެކަނި ޖަމާއަތަކީ ޕީއެލްއޯ ކަމަށެވެ.

 

ހިއްސާ ކުރައްވާ!