ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔޫރަޕުން ގެނަސް އިންދާފައިޥާ ލަޓޯފަޓޯ ޔަހޫދީންގެ ބަޔަކު، ބައިތުލަހަމްގެ ދެކުނުންވާ އަލްމިނިޔާ އަވބަށުގައި ގިނަ އަދަދެއްގެ ޒައިތޫނި ގަސްތައް ކަނޑައި، ނައްތާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ މިއަދު އާދީއްތަ ދުވަހުއެވެ. މިއީ މި ސަރަޙައްދުގައި ދަނޑުވެރިކަން ކުރާ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ސިލްސިލާ ގެއްލުންތަކުން ކުޑަ މިންވަރެކވެ.
އަލްމިނިޔާ އަވަށުގެ ކައުންސިލްގެ ރައީސް ޒާއިދު ކަވާޒްބާ ވިދާޅުވި ގޮތުގައި، މި ގަސްތައް ކަނޑާލި ލަޓޯފަޓޯ ޔަހޫދީންނަކި އެހިސާބުގައި ގަދަ ބާރުން ބިންހިފައިގެން ބިނާކޮށްފައިޥާ ޒަޔަނސިްޓު ޔަހޫދީ ބަސްތީގެ ޓެރަރިސްޓުންނެވެ.
މި ގަސްތަކަކީ މީގެ އެތައް ސަތޭކަ އަހަރު ތަކެއް ވަންދެން، މަޙްމޫދު ޖައްބާރީން ނަމަކަށް ކިޔާ ފަލަސްތީނުގެ ދަނޑުވެރި އާއިލާއެއްގެ މިލްކުވެރިކަން އޮންނަ ޒައިތޫނި ބަގީޗާއެއްގެ ގަސްތަކެވެ. މި ހަމަލާގެ ސަބަބުން އެތައް ދޮޅަސް ޒައިތޫނި ގަސްތައް ވަނީ ކަނޑާލައި ހަލާކުކޮށްލާފައެވެ.
ކަވާޒްބާ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަރަޙައްދުގެ ދަނޑުވެރިންނަށް ހޮނިހިރު ދުވަހުވެސް ލަޓޯފަޓޯ ޔަހޫދީން ވަނީ ހަމަލާތައް ވަނީ ދީފައެވެ. މިމީހުްނގެ ހަމަލަތަކަށް ޔަހޫދީ ޖެނޮސައިޑް ފޯސްއިން ތާއީދު ކުރެއެވެ.
ޣައްޒާ ފަނާކޮށްލުމަށްފަހު ޖެނޮސައިޑް ފޯސްއިން ދަނީ މިހާރު ހުޅަނގު އައްސޭރި ފަނާކޮށްލައި އެތާގައި ޖެނޮސައިޑް ހިންގުމަށް އެތަނާ ދިމާކުރަމުންނެވެ.
އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، ޒައިތޫނި ބިނުމުގެ މޫސުމް ފެށުނު ފަހުން ޖުމްލަ 165 ޔަހޫދީ ޓެރަރިސްޓް ހަމަލާ ދީފައިވެއެވެ. އޭގެތެރެއިން 141 ޔަހުދީ ޓެރަރިސްޓް ހަމަލާ ދީފައިވަނީ ލަޓޯފަޓޯ ޔަހޫދީނެވެ. އަދި ޖެނޮސައިޑް ފޯސް އިން 17 ހަމަލާ ދީފައި ވެއެވެ.
މީގެ އިތުރުން 7 ސެޕްޓެމްބަރު 2023 ގެ ފަހުން ޔަހޫދީން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުދަލާ ދެކޮޅަށް 7154 ހަމަލާ ދީފައެވެ. ޔަހޫދީންގެ ޓެރަރިސްޓް ހަމަލާތަކުން ހުޅަނގު އައްސޭރީގައި 33 ފަލަސްތީނު ރައްޔިތަކު ޝަހީދުވެފައި ވެއެވެ.
ޔަހޫދީންގެ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޖުމްލަ 48،728 ޒައިތޫނި ގަސް ވަނީ ނައްތާލާފައެވެ. ޒައިތޫނި ގަހަކީ ޔޫރަޕުން ގެނަސް ވަޒަންވެރިކޮށްފައިވާ ޔަހޫދީން އެލާޖިކް ވާގަހެއް ކަމުން އެމީހުން ޒައިތޫނި ގަސްތަކާ އެހާ ގަޔާއެއް ނުވެއެވެ.








