ނަސްލު ސާފުކޮށްލުމަށް ކުލަދާނަ އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލިސް ކެނެސެޓްގެ ރިސާޗް އެންޑް އިންފޮމޭޝަން ސެންޓަރުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި، ޖެނޮސައިޑް ހިންގާ ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަން ވަނީ ހާމަވެފައެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް، 279 ސިފައިން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އިޒްރޭލްގެ “ކާން” ރޭޑިއޯއިން އާންމު ކުރި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އަމިއްލައަށް މަރުވި ޖެނޮސައިޑއ ފޯސްގެ ކޮންމެ ޔަހޫދީއަކަށް އިތުރު 7 ޔަހޫދީ ސިފައިންގެ މީހުން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވެއެވެ. 2024 ވަނަ އަހަރުން ފެށިގެން ޖެނޮސައިޑް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާން އުޅޭ މީހުންގެ ތަފާސްހިސާބުތައް އިޒްރޭލް ސިފައިން ވަނީ މިހާރު އެއްކުރަން ފަށާފައެވެ. މި މަސައްކަތުގައި 12 އިންސައްތަ ހާދިސާތައް ވަނީ ނުރައްކާތެރި ހާލަތުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި 88 އިންސައްތަ ހާދިސާތައް މެދުމިނުގެ ހާލަތުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ޖުމްލަ 124 ޖެނޮސައިޑް ސިފައިން އަމިއްލައަށް މަރުވެފައިވާކަން މި ރިޕޯޓުން ހާމަވެއެވެ. އަމިއްލައަށް މަރުވި މީހުންގެ ތެރެއިން 68 އިންސައްތައަކީ ގަދަކަމުން ސިފައިންގެ ޚިދުމަތަށް ނެރުނު މީހުންނެވެ. އަދި 21 އިންސައްތައަކީ ރިޒާވް ސިފައިންނެވެ. އަދި 11 އިންސައްތައަކީ ދާއިމީކޮށް ޖެނޮސައިޑް ސިފައިންގެ ތެރޭގައި ތިބި ސިފައިންނެވެ.
2023 ވަނަ އަހަރުން ފެށިގެން ޔަހޫދީންގެ ރިޒާވް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަން ގުޅިފައިވަނީ ޣައްޒާގެ ޖެެނޮސައިޑް ހަނގުރާމައިގެ ތެރޭގައި ރިޒާވް ސިފައިން ގިނަ އަދަދަކަށް ނެރެފައިވާތީ އެމީހުންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ހާލަތާ ހެދި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.




