ޔަހޫދީ ޖެނޮސައިޑް ފޯސްއިން ރޭ ޣައްޒާއަށް ދޭން ފެށި ވައިގެ ހަމަލާތަކުގައި 37 މީހުން ޝަހީދު ކޮށްފިއެވެ. އަދި 50 އަށް ވުރެން ގިނަ މީހުން ޒަޚަމް ކޮށްފިއެވެ. ޔަހޫދީން ޝަހީދު ކޮށްލި މީހުންގެ ތެރޭގައި 16 ކުޑަ ކުދިން ހިމެނެއެވެ.
ދާދި ދެންމެއަކު ޔަހޫދީ ޖެނޮސަިއޑް ފޯސްއިން ވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައިވާ ތައްލުލްހަވާ އަވަށުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތަކަށް ވެސް ބޮންއަޅައި އިމާރާތް ބިމާހަމަކޮށްފައެވެ. ޔަހޫދީ ޖެނޮސައިޑް ފޯސްއިން އަމާޒު ހަމަލަތައް ގަސްތުގައި މަދަނީ މުއައްސަސާތަކާއި އިމާރާތްތަކަށް އަމާޒު ކުރެއެވެ. އެގޮތުން ކިޔައި ދޭ ތަންތަނާއި ހަސްފަތާލުތަކާއި ސަރުކާރު އިމާރާތްތައް ހިމެނެއެވެ.
މީގެ އިތުރުން، ދެންމެ ތައްލުލްހަވާގެ ގެއަކަށް ދިން ހަމަލާއެއްގައި މަންމައަކާއި އޭނާގެ ކުޑަ އަންހެން ދަރިފުޅު ޝަހީދުކޮށްފައި ވެއެވެ.




