ސްރީލަންކާގެ ދެކުނުގެ ޕްރިޮވިންސަކީ އެންމެ ގިނަ އަދަދަކަށް ދަރިވަރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އަދި ކުށްކުރާ ކުދިން އުޅޭ ޕްރޮވިންސް ކަމަށް ދައްކައެވެ. މިކަން ހމަަ މޮށްފައި ވަނީ ޖަލުތަކާބެހޭ ކޮމިޝަނަރު ޖަގަތު ވީރަސިންހަ އެވެ. މީގެ އިތުރުން، ވެސްޓަން ޕްރޮވިންސްގެ ކޮލަމްބޯ ޑިސްޓްރިކްޓްގައި ވެސް 230,000 އަށް ވުރެ ގިނަ ސްކޫލް ދަރިވަރުން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.
ގޮޑަޕިޓިޔާ ނޭޝަނަލް ސްކޫލްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ވީރަސިންހަ ވިދާޅުވީ، ކޮލަމްބޯ ޑިސްޓްރިކްޓްގެ 230,980 ސްކޫލް ދަރިވަރުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި އަދަދަކީ ވެރިރަށުގެ ސަރަހައްދުގައި ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޭނުން ކުރުން ފުޅާވަމުންދާ މިންވަރު ދައްކުވައިދޭ ނުރައްކާތެރި އަދަދެކެވެ.



