ބަހުރަންގެ ލިޔުންތެރިޔާ ޚުލޫދު ޒަޔަނިސްޓު ޕްރޮޖެކްޓަށް ސަޕޯޓު ކުރޭ

ބަހުރައިން އަކީ ޔަހޫދީ ޒަޔަނިސްޓު ދައުލަތާއެކު އިބްރާހީމީ މުއާހަދާގެ ދަށުން އަޚު ވަންތަ ގުޅުމަކުން ގުޅިފައިވާ ގައުމެކެވެ.

ޚުލޫދުއްސައްބާޣް އަކީ ބަހުރައިންގެ އަންހެން ލިޔުންތެރިއެކެވެ. ޔަހޫދީ ޒަޔަނިސްޓުންނަށް ސަޕޯޓުކޮށް އޭނާ އިޒްރޭލު މީޑިއާއަށް ލިޔައެވެ. އިޒްރޭލު މީޑިއާ މޮނީޓާ ކުރުމުގައި މިއަދު ފެނުނު އޭނާގެ ލިޔުމުގެ ސުރުޚީ މި އޮތީ ފެންނާށެވެ.

އޭނާ ބުނަނީ (ހިފާފައިޥާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޔަހޫދީންގެ) އިޒްރޭލަށް ނުރައްކާވަނަ އަރަބި ގަލްފަށް ނުރައްކާ ވާނެ ކަމަށެވެ. އޭނާގެ މަޒްމޫނުގައި އިތުރަށް ލިޔެފައި ވަނީ

"އިޚުވާނުލް މުސްލިމޫންއަށް ތާއީދުކުރާ ތުރުކީއާއި އެފަދަ އެހެން ގައުމުތަކުން ދޭ ތާއީދު ޓެރިޒަމްގެ ނިވާފަތްގަނޑަކަށް ވެއެވެ. އަދި މި ކަމަކީ އިޒްރޭލާއި އެހެން ގައުމުތަކަށް އަރަބި ގަލްފަށްވެސް އެއިން ނުރައްކާ ވާނެ ކަމެކެވެ."

މި ވާހަކަ ތަހުލީލު ކޮށްލާއިރު، ހަމާސް އަކީ ވައްހާބީ ސަލަފީ ފިކުރުގެ ބައެއް ނޫނެވެ. އަދި ތުރުކީއާއި ޤަތަރަކީވެސް އެފިކުރުގެ ބައެއް ނޫނެވެ. ހަމާސްއަށް ޚުލޫދު އެބުނާ ތާއީދު ދޭ ފަރާތްތަކަކީ އެއީ އެވެ. ޚުލޫދްގެ ލިޔުމުގައި ޤަތަރުގެ ނަން ހިމަނާފައެެއް ނުވެއެވެ. ނަމަވެސް އިޒްރޭލުގެ ނަން ހިމަނާފައި ވެއެވެ!

އަރަބިންގެ ތެރޭގައި މަދުންނަމަވެސް ފާޅުގައި ޒަޔަނސިްޓު ޕްރޮޖެކްޓަށް ސަޕޯޓު ކުރާ މީހުން މިހާރު ފެންނަމުން ދެއެވެ. ސައޫދީ ޝާހީއާއިލާގެ ބަޔަކު އިންވެސްޓްކޮށްގެން ޒަމާނުއްސުރެން ލަންޑަންގައި ޝާއިއުކުރާ އައްޝަރުޤުލްއަވްސަޠުއަކީ ހަމާސްއާ ދެކޮޅުވެރި ޒަޔަނސިްޓު ޕްރޮޖެކްޓަށް ނުސީދާކޮށް ތާއީދުކޮށްް މީހުންގެ ސިކުނޑި އނަބުރާލަން އުޅޭ މީޑިއާއެކެވެ.

ބަހުރައިންއަކީ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ގައުމެކެވެ. ބަހުރައިންގެ ޓެލްކޮމް ކުންފުނި ބަޓެލްކޯއަކީ ދިރާގުގެ ހިއްސާދާރެކެވެ.

ހިއްސާ ކުރައްވާ!