އެމެރިކާއިން މެދުވެރިވެގެން އެއްބަސްވެފައިވާ ޖެެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިޒްރޭލުގެ ސިފައިން ޣައްޒާގައި ރޭ ދިން ހަމަލާތަކުގައި، 24 ކުދިންނާއެކު 90 މީހުން ޝަހީދުކޮށްފައިވާ ކަމަށް ރިޕޓުކޮށްފިއެވެ.
މި ހަމަލާތައް ދީފައިވަނީ ދެކުނު ޣައްޒާގައި އިޒްރޭލުގެ ސިފައިންގެ މީހަކު މަރުވުމާގުޅިގެންނެވެ. މި ހަމަލަ ދީފައި ވަނީ ހަމާސު އިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެްފައިވާ ކަމަށާއި އަދި ޔަހޫދީން ބޮން އަޅައި މަރާލާފައިވާ ޔަހޫދީންގެ ގަބުރުތައް ދިނުން ހަމާސްއިން ލަސްކުރަމުންދާ ކަމަށް ބުނެ ބަހަނާތައް ދައްކައިގެންނެވެ.
އިޒްރޭލުގެ ވައިގެ ޖެނޮސައިޑް ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުން ވަނީ ބޮން އެޅި އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.
މި ޖެނޮސައިޑާއެކު ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގަ ޖެނިންގައި ވެސް މީހުން މަރަމުންނެވެ. ރޭ ފަލަސްތީނުގެ 3. މީހަކު ޝަހީދުކޮށްފައި ވެއެވެ. އަދި 50 މީހުން ވަގަށް ނަގާފައި ވެއެވެ. މީގެ އިތުރުން ރަމާﷲ ކައިރީގައި އިޒްރޭލުގެ ޔަހޫދީ ބަސްތީއެއްގެ މީހުން ވަނީ ފަލަސްތީނުގެ އުޅަނދުތަކެއްގައި ރޯކޮށްލާފައެވެ.
އިޒްރޭލުން ދަނީ މަޑުމަޑުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ހީނަރު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ.




