ޔެހޫދީން އަލުން ޖެނޮސައިޑް ފެށުމުގެ ސިއްރަކީ ކޮބާ؟

ޔަހޫދީން އަލުން ޖެނޮސައިޑް ފަށައި 18 ދުވަސް ތެރޭގައި ޝަހީދު ކޮށްލި މީހުންނަށް ވުރެން ގިނައިން އެއް ރޭ މަތިން ފަލަސްޠީނު މީހުން ޝަހީދުކޮށްފައި ވަނީ ކަންތައްތަކެއް ފޮރުވާށެވެ.

އަޤްޞާ ޠޫފާނަށް ފަހު ޔަހޫދީން ފެށި ޖެނޮސައިޑް ހިންގުމުގެ ތެރޭގައި ފަލަސްޠީނުގެ އެތައް ބަޔަކު ވަގަށް ނެގިއެވެ. މިމީހުން ގެންގުޅެފައި ވަނީ ނިޒާމުން ގެއްލުވާލައިގެން ސިއްރު ތަންތާގައެވެ. މިއިން ގިނަ މީހުންނަށް ވަނި އަނިޔާކޮށް ޝަހީދުކޮށްލާފައެވެ. ބައެއް މީހުންގެ ގުނަވަންތައްވެސް ޔަހޫދީން ވަގށް ނަގާފައި ވެއެވެ، އެގޮތުން މީހުންގެ ލޮލުގެ ކަޅިއާއި ކިޑްނީ ފަދަ ގުނަވަންތައް ވަގަަށް ނެގުން ހިމެނެއެވެ.

ޔަހޫދީން މިމީހުން ޝަހީދުކުރުމަށްފަހު ވަޅުލާފައި ވަނީ ނަންބަރު ޖެހި މަހާނަތަކެއް ގައެވެ. އެ މަހާނަތަކުގައި ވަޅުލާފައިވަނީ ކާކު ކަމެއް އެނގޭނެ ގޮތެއް ނެތެވެ. ޖެނޮސައިޑް ހުއްޓާލި އެއްބަސްވުމުގެ ދަށުން ޔަހޫދީ އަސީރުންގެެ ތެރޭން ދިރިތިބީންނާއި މަރުވެފައިވާ މީހުން ހަވާލު ކުރުމަށް އެއްބަސްވެފައިވާ އިރު ޔަހޫދީން ނިޒާމުން ގެއްލުވާލި ފަލަސްޠީނު މީހުންވެސް އަނބުރައި ދޭން ޖެހެއެވެ.

ފަލަސްޠީނުގެ ޝުހަދާއިން ޕްލާސްޓިކް ކޮތަޅުތަކުގައި އަނބުރައި ހަވާލު ކުރާއިރު އެމީހުންނަށް އަނިޔާކޮށްފައިވާ ކަން ސާފު ކޮށް އެނގެން ހުރެއެވެ. ކޮންމެ މީހަކުވެސް ޝަހީދުކޮށް ލުމުގެ ކުރިން އަނިޔާކޮށްފައި ވެއެވެ. އަދި އެއަށްފަހު ދެ އަތް ފުރަގަހށް ބަނދެފައި ބަޑި ބަޑި ޖަހައިގެން މަރާފައި ވެއެވެ. ޔަހުދީންނަކީ ނާޒީންވެސް ކަންކޮށްފައި ނުޥާފަދައިން ފަލަސްޠީނު މީހުންނާ މެދު ލާއިންސާނީކޮށް ކަންކޮށްފައިވާ މުޖުރިމުންތަކެކެވެ.

ފަލަސްޠީނު މީހުންގެ ގަބުރުތައް ޔަހޫދީން ކޮތަޅުގައި ހަވާލު ކުރާ އިރު އެއީ ކާކުގެ ކާކު ކަން ނޭނގޭތީ، ޚާން ޔޫނިސްގެ އައްނާސިރު ފަދަ ހަސްފަތާލު ތަކުން ވަނީ ވަކިން ފޭލިގެތައް ޖަހައި އެތަންތާނގައި ޓީވީ ބަހައްޓައި ރައްޔިތުންގެ ހާޒިރުގައި އެޓީވީގައި ވަކިވަކިން ކޮންމެ ގަބުރެއް ހުޅުވައި ދައްކާފައެވެ. ބޭނުމަކީ އާއިލާއަށް އެމީހުންގެ މައްޔިތާ ދަނެގަތުމަށް ފުރުސަތު ދިނުމެވެ.

މި ކަން ކުރަމުންދާއިރު ޔަހުދީންގެ ހަނގުރާމައިގެ ޖަރީމާތައް އިތުރަށް ޑޮކިއުމެންޓު ކުރެވި ބޭޒާރު ވެއެވެ. ޔަހުދީން އަލުން ޖެނޮސައިޑް ފަށާފައި ވަނީ މިކަން ފޮރުވުމުގެ ގޮތުންނެވެ.

ހިއްސާ ކުރައްވާ!