ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުދާތަކަށް ގެއްލުން ދޭ ލަޓޯފަޓޯ ޔަހޫދީ ވަޒަންވެރިންގެ ޖަމާއަތްތަކުން ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ފަލަސްޠީނު މީހުން ބުނެއެވެ. މި ލަޓޯފަޓޯ ޔަހޫދީން އެމީހުންގެ އުދުވާނީ އަމަލުތައް ހިންގައި ޓެރަރިސްޓް ހަމަލަތައް ދެމުން ދަނީ ޔަހޫދީ ޖެނޮސައިޑް ފޯސްގެ ރައްކާތެރިކަމުގެ ދަށުންނެވެ. އެންމެ ފަހުން މި ޔަހޫދީން ދީފައިވާ ޓެރަރިސްޓް އަނިޔާވެރި ހަމަލާއަކީ ޚަލީލުގެ ދެކުނުގައިވާ އަލްސަމޫއު ސިޓީގެ ވާދީ އަޖްހައިޝް ސަރަހައްދުގައި ދިރިއުޅޭ މަހްމޫދު އައްދަޣާމީންގެ ގެއަށް ދިން ހަމަލާއެވެ.
އައްދަޣާމީން ބުނެފައިވާ ގޮތުގައި، ލަޓޯފަޓޯ ޔަހޫދީން ވަނީ އޭނާގެ ގެއަށް ކަރިނަ ގޭސް ބޮމުން ހަމަލަ ދީފައެވެ. މިކަމުގެ ސަބަބުން އޭނާގެ އަންހެނުންނާއި މަންމަ އަދި އޭނާގެ ހަތަރު ކުދިން ކަމަށްވާ މުޙައްމަދު، އަޙްމަދު، ސައްދާމް އަދި ހަ މަހުގެ ޢުމަރީއަށް ވަނީ ނޭވާ ހާސްވާ ގޮތް މެދުވެރިވެފައެވެ. އަދި އޭނާގެ ކުޑަ ދަރިފުޅަށް ކަރުނަ ގޭހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އައްދަޣާމީން އިތުރަށް ބުނެފައި ވަނީ، ލަޓޯފަޓޯ ޔަހޫދީންވަނީ އޭނާގެ ގެއާ ޖެހިގެން ހުރި ބަކަރި ކޮށްޓަށް ވަދެ އެތާގައި ތިބި ހުރިހާ ބަކަށްޓެއްގެ ކަރު ބުރިކޮށްލާފައެވެ. އަދި އަލަށް ވިހާފައިވާ ދިހަ ކަންބަޅި ވެސް މަރާލި ކަމަށް އޭނާ ކިޔައި ދިނެވެ. މީގެ އިތުރުން، ޔަހުދީ ޓެރަރިސްޓުން ވަނީ އޭނާގެ ކާރުގެ ޓަޔަރުތަކަށް ވަޅި ޖަހައި ފަޅާލައި ޖަނަވާރުންނަށް ދޭން ހުރި ކާނާ ވެސް އަންދާލާފައެވެ. ޖެނޮސައިޑް ފޯސްގެ ހިމާޔަތުގައި އެމީހުން މި ހަމަލާ ދިނުމަށްފަހު އެ ސަރަހައްދުން ފިލާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސަލާމަތީ ކެމެރާތަކުން ވަނީ މި އަނިޔާވެރި ހަމަލާ ދިން ވަގުތުގެ މަންޒަރުތައް ނަގާފައެވެ. މި މަންޒަރުތަކުގައި ކަންހުޅި ދިގުކޮށްފައިވާ ލަޓޯފަޓޯ ޔަހޫދީން ފެނެއެވެ.
ޣައްޒާގައި ޖެރނޮސައިޑް ހިންގައި ޔަހޫދީ ޖެނޮސައިޑް ފޯސް އެތަނުން ދަސްވެނިވ ިފަހުން ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކު އެމީހުން ދަނީ ޖެނޮސައިޑަށް ފައްކާ ކުރަމުންނެވެ.




