ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަގަށް ނަގާފައިވާ ފަލަސްތީނުގެ އަސީރަކު ރޭޕް ކުރާ ވީޑިއޯ ލީކުކުރުމާ ގުޅިގެން އިޒްރޭލުގެ ކުރީގެ ސިފައިންގެ ޕްރޮސެކިއުޓަރު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ވީޑިއޯ އާންމު ވުމުން ދުނިޔެއަށް ޔަހޫދީ ޖެނޮސައިޑް ފޯސްއަކީ ނާޒީންނަށް ވުރެން ނުބައި ބައެއް ކަން އެނގިގެން ގޮސްފައި ވެއެވެ.
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ހައްދުފަހަނައަޅާފައިވާ ތާކިހާ ވަޒީރު ބެން ގްވީރު ވަނީ މޭޖަރ ޖެނެރަލް ޔިފަތް ތޯމަރ-ޔެރުޝަލްމީ ހައްޔަރު ކުރިކަން ޔަގީން ކޮށްދީފައެވެ.
އޭނާ ހައްޔަރުކުރީ ވީޑިއޯ ލީކުކުރުމަށްފަހު މަގާމުން އިސްތިއުފާ ދީ، އެއަށްފަހު އޭނާ ގެއްލުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމަށް ފަހުގައެވެ.
ލީކުކުރި ވީޑިއޯގައި ފެންނަނީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ މީހަކު ރޭޕްކޮށް ލިވާޠު ކުރާ މަންޒަރެވެ. މި ވީޑިއޯ އާންމުވުމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ޔަހޫދީ ސިޔާސީ ލީޑަރުން ބުނެފައި ވަނީ ރޭޕް ކުރުމުގައި ބައިވެރިވި ސިފައިންނަކީ ބަޠަލުން ކަމުގައެވެ.
ޔަހޫދީންގެ ޖެނޮސައިޑް ރާވައި ހިންގާ ނަތަންޔާހޫ ބުނެފައި ވަނީ މި ވީޑިއޯ ލީކުކުރުމަކީ އިޒްރޭލު އުފެދުނު ފަހުން ޔަހޫދީ ގައުމަށް ކުރިމަތިވި އެންމެ ހުތުރު ބަދުނާމު ވުމުގެ ހާދިސާ ކަމަށެވެ. މިއިން ޔަހޫދީންގެ ސިފައިންނަކީ އެއްވެސް އަޚުލާގެއް ނެތް ބަޔެއްކަން ސާބިތު ވެގެން ދެއެވެ.






