ޖެނޮސައިޑް ހިންގި މީހުން މަމްދާނީއަށް އަދިވެސް ފުރައްސާރަ ކުރަނީ

ފަލަސްޠިނުގެ ނަސްލު ނައްތާލައި ޖެނޮސައިޑް ހިންގި ޔަހޫދީ ޒަޔަނިސްޓުން ވަނީ މަމްދާނީގެ ކާމިޔާބީއާއެކު މޭކަރާފައެވެ. ޔަހޫދީ މަސްއޫލުވެރިން ދަނީ ފުލުފުލުގައި މީޑިއާގައި އޭނާއާ ވިއްދައިގެން ފާޑު ކިޔާފައެވެ.

ޖެނޮސައިޑް ހިންގި މީހުން މަމްދާނީ ލޭބަލް ކުރަމުން ދަނީ ހަމާސް ސަޕޯޓަރެއްގެ ގޮތުގައެވެ.

ހަމާސް ވުޖޫދަށް އައީ 1948 ން ފެށިގެން ނިޒާމީ ސިފައެއްގައި ޔަހޫދީން ޖެނޮސައިޑް ހިންގައި ނަސްލު ސާފުކޮށްލުމަށް މެދު ނުކެނޑި މަސައްކަތް ފެށުމުންނެވެ.

ހަމާސްއިން އަޤްޞާ ޠޫފާން ފެށީ 15 އަހަރު ވަންދެން ކޮންސެންޓްރޭޝަން ކޭމްޕެއްގައި ޣައްޒާ މީހުން ހިސާރަކޮށްފައި ބޭތިއްބުމުން އެކަސްތަޅުތަކުން ސަލާމަތްވާށެވެ.

ޣައްޒާ ޠޫފާންގައި ޖެނޮސައިޑްގައި ލައްކަ ފަލަސްޠީނު މީހުން ޝަހީދުކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ 80 އަހަރު ތެރޭގައި ފަލަސްޠީނުގެ ހައްގާ ބެހޭ ގޮތުން ނޭނގި ހުރިކަންކަން މިހާރު ވަނީ މީހުންނަށް އެނގި ޔަހޫދީންގެ ބިތު ފަންގި ނެގިފައެވެ.

ހިއްސާ ކުރައްވާ!