ސިޔާސީ އެނަލިސްޓެއް ކަމަށްވާ ޓެވީ ޓްރޯއީ، ގެ ވޯލްސްޓްރީޓްް ޖާނަލްގެ ކޮމެންޓަރީއެއްގައި ބުނެފައިވަނީ، ނިއުޔޯކް ސިޓީ ކައުންސިލްގެ މެންބަރު ޒަހްރާން މަމްދާނީ، އިޒްރޭލަށް ފާޅުގައި ފާޑުކިޔައި، އަދި "އިންތިފާޟާ ދުނިޔެއަށް ފެތުރުމަށް" އަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކުރުމަކީ، އެ ސިޓީގައި ދިރިއުޅޭ ޔަހޫދީ ރައްޔިތުންގެ ސަލާމަތާ މެދު ކަންބޮޑުވާފަދަ ސިގްނަލްތަކެއް ފޮނުވާފާނެ ކަމެއް ކަމަށެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލްގެ މި އޮޕީނިއަންގައި ބުނެފައިވާ ގޮތުގައި، މަމްދާނީގެ ބަސްމަގުގެ ސަބަބުން، ޔަހޫދީންނަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި، ޔަހޫދީ މުޖުތަމަޢުތައް ރައްކާތެރިކުރުމަށް ނިއުޔޯކްގެ ފުލުހުންގެ ޑިޕާޓްމަންޓް އިން ވެފައިވާ ވައުދުތަކަށް އޮތް އިތުބާރު ކުޑަވެގެންދިއުމުގެ ނުރައްކާ އޮތް ކަމަށެވެ.
ކުއީންސް ތަމްސީލުކުރައްވާ ޕްރޮގްރެސިވް ޑިމޮކްރެޓެއް ކަމަށްވާ މަމްދާނީއަކީ، އިޒްރޭލުގެ ޖެނޮސައިޑް ސިޔާސަތުތަކަށް ފާޑު ވިދާޅުވާ އަދި ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ފަރާތެކެވެ. އޭނާގެ ބަޔާންތަކަށް ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ތަޢުރީފު ލިބެއެވެ.
ޓްރޯއި ބުނަނީ މަމްދާނީ ގެ އިންތިޚާބަށް ފަހު ދެން ފުށްކިބައިގައި އޭނާ ތާކިހާ އަޅައިގެން ނޫޅޭނެ ކަމަށެވެ. އޭނާ ފެންނާނީ ތޮތްޕެއް އަޅައިގެން ހުއްޓައި ކަމަށެވެ. މަމްދާނީއަކީ ޔަހޫދީންގެ 4 ބައިކުޅަ އެއްބައި މީހުން ވޯޓުލާފައިޥާ ކެންޑިޑޭޓެކެވެ. ޔަހޫދީންގެ މައްސަލައަކީ އެމީހުންނަށް އިސްކަން ދޭން ޖެހި އެހެން މީހުންގެ ހައްގުތައް މަތިން ހަނދާން ނައްތާލައި ޝުކުރުވެރި ނުވާ ބައެއް ކަމުގައި އެމީހުން ވުމެވެ.






