މިސް ޔުނިވަރސް 2025: ޔަހޫދީ މިސް ޔުނިވާސްގެ ނޭއްގާނި ކަމުން މީސްމީޑިއާގައި ފާޑު ކިޔައިފި

ތައިލެންޑުގެ ބެންކޮކްގައި މިސް ޔުނިވަރސް 2025 ގެ ބައިވެރިންނަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތެއްގައި، ޖެނޮސައިޑް ހިންގި އިޒްރޭލުގެ މިސް އިޒްރޭލް މެލެނީ ޝިރާޒް ފަލަސްޠީނުގެ މިސް ޔުނިވާސްއާ ދިމާއަށް ފޫހިގޮތަކަށް ބަލާލުމުން ޔަހޫދީ މިސް ޔުނިވާސްގެ ނަފްރަތާއި ހަސަދައިން ފުރިފައިވާ މިންވަރު ދޭހަވާ ކަމަށް ބުނެ މީސްމީޑިއާގައި މީހުން ވަނީ ފާޑު ކިޔާފައެވެ.

މިސް އިޒްރޭލަށް މީސްމީޑިއާގައި މީހުން ވަނީ 'މިސް ޖެނޮސައިޑް' ގެ ނަމުން ނަން ދީފައެވެ.

މިސް ޕަލަސްތީނު ނާދީން އަޔޫބު ހުއްޓި ހުރީ ޖެނޮސައިޑް ހިންގި ގައުމުގެ މިސް ޔުނިވާސްއާ ޖެހިގެން އެކަކު ދޫކޮށެވެ. ސްޓޭޖު ހިއްސާ ކުރި ކުޑަ ވަގުތުކޮޅުގައި ޝިރާޒް ނާދީން އަޔޫބަށް ބަލާލި މަންޒަރު ފެންނަ ކްލިޕް ވަނީ ވައިރަލް ވެފައެވެ.

ޔަހޫދީ ކުއްޖާ ވަނީ އޭނާގެ ހަސަދައިން ފުރިގެންވާ ބަލާލުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ. ޔަހޫދީ ކުއްޖާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ބަޔާނެއް ނެރެ ބުނީ "އެއީ ހަމައެކަނި އެހެން ބައިވެރިން ސްޓޭޖަށް އަރައިގެން ދަނިކޮށް އެމީހުންނަށް ބަލާލި ބަލާލުމެއް ކަން ވަރަށް ސާފު. އާދައިގެ މަތިން ހިނގާ ކަންކަމަށް ޑްރާމެޓިކް ބަސްތައް އިތުރުކުރުމަކީ – ޚާއްޞަކޮށް މީހުންނާ ބެހޭ ގޮތުން ހަޤީޤަތާ ޚިލާފަށް ވާހަކަ ދައްކާނަމަ – އެއީ އޯގާތެރިކަމާއި އިންސާފުވެރިކަން ކުރިއެރުވުމެއް ނޫން،" ޔަހޫދީ ގައުމުގެ މިސް އިޒްރޭލް ބުންޏެވެ.

ޔަހޫދީންގެ ގައުމުން ލައްކަ އެއްހައި މީހުން ޖެނޮސައިޑްގައި ޝަހީދު ކޮށްލުމުން ދުނިޔޭގައި އިޒްރޭލަށް ފާޑުކިޔައި އެކަހެރިކަން ބޮޑުވެފައި ވެއެވެ.

މިސް ޕަލަސްތީން ނާދީން އަޔޫބް ބުނީ، "އަޅުގަނޑު ތަމްސީލުކުރަނީ ކޮންމެ ފަލަސްތީނު އަންހެނަކާއި ކުއްޖެއްގެ ކެތްތެރިކަން. އަޅުގަނޑުމެންނަކީ ހަމައެކަނި އަޅުގަނޑުމެން ތަޙައްމަލުކުރާ ތަކުލީފުތަކަށް ވުރެ މާ ހިތްވަރުގަދަ ބައެއް. އަޅުގަނޑުމެންނަކީ އަޒުމާއި، އުންމީދާއި، ވަޠަނަކީ އަޅުގަނޑުމެންގެ ހިތުގެ ވިންދު،" ކަމަށެވެ.

މިސް ޔުނިވަރސް ހޮވުން އޮންނާނީ ނޮވެމްބަރު 21 ގައެވެ.

ހިއްސާ ކުރައްވާ!