އިސްރާއީލުގެ އަރަބި ތަރުޖަމާނަކަށް މުސްލިމު އަންހެނެއް

އަރަބިންގެ ބޮލަށް ޔަހޫދީ ޕްރޮޕެގެންޑާ ވައްދައި ދިނުމަށް 20 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު ޔަހޫދީންގެ އަރަބި ތަރުޖަމާން އަފީހާއި އަދުރުއީ ވަނީ މަގާމުން ރިޓަޔާ ކޮށްފައެވެ. (ފޮޓޯގައި އަދުރުއީއާއި ވާވިޔާ)

އޭނާއަށް ފަހު އިސްރާއީލުގެ ސިފައިންގެ އަރަބި ބަހުގެ ރަސްމީ ތަރުޖަމާނުގެ މަސްއޫލިއްޔަތާ ހަވާލު ވެފައި ވަނީ ކެޕްޓަން އީލާ ވާވިޔާ އާއެވެ.

އީލާ ވާވިޔާ އަކީ ފަލަސްޠީނުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ އިޒްރޭލު ރައްޔިތެކެވެ. ވާވިޔާ އުފަންވެފައިވަނީ 1989 ވަނަ އަހަރު އެވެ. އޭނާގެ އާއިލާއަކީ ގަދަބާރުން ޣަޞްބުން ޔަހޫދީން ފޭރިގެންފައިވާ ފަލަސްޠީނުގެ ޤަލަންސުވާގެ ބައެކެވެ. ޤަލަންސުވާ އަކީ މިހާރު ޔަހޫދީންގެ ދައުލަތުގެ ދަށުގައި އޮންނަ ސިޓީއެކެވެ.

ވާވިޔާ ވަނީ ޔަހޫދީންގެ މެދުގައި މަގްބޫލުކަން ހޯދުމަށް އޭނާގެ ނަން ބަދަލުކޮށްފައެވެ. އޭނާގެ އާއިލީ ނަމަކީ "އާލާ" އެވެ.

މިސްމީޑިއާގައި އޭނާ ހަރަކާތްތެރިވެފައިވާ މިންވަރުން ވާވިޔާ ވަނީ މަޝްހޫރުކަން ހޯދާފައެވެ.

އޭނާގެ ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމު ހާސިލް ކޮށްފައި ވަނީ ޤަލަންސޫވާގެ ސްކޫލްތަކުންނެވެ. އޭގެ ފަހުން، އެރިއެލް ރައިޗްމަން ޔުނިވަރސިޓީން ޕޮލިޓިކަލް މާކެޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރިއެވެ. އަދި ނަތަންޔާ އެކަޑަމީން ކޮމިއުނިކޭޝަންސްގެ ދާއިރާއިންވެސް ތައުލީމު ހާސިލު ކުރިއެވެ. އޭނާއަކީ އިބްރާނީ ބަހާއި އަރަބި، އަދި އިނގިރޭސި ބަހަށް ފަރިތަ މީހެކެވެ. އޭނާ ބުނާ ގޮތުގައި މީޑިއާއަށް ޝައުގުވެރިކަން އުފެދުނީ ކުޑައިރު އަރަބި ޗެނަލްތައް ބަލައިގެންނެވެ.

ވާވިޔާ މީޑިއާ ދާއިރާގެ މަސައްކަތް ފެށީ 2010 ވަނަ އަހަރު އެވެ. ޒުވާން އަރަބިންނާއި ޔަހޫދީންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޔަހޫދީ ދައުލަތުން އުފެއްދި "ޝެއާޑް ލައިފް" ޕްރޮޖެކްޓާ އެކުއެވެ. މީގެ އިތުރުން، އޭނާ ވަނީ "ޤަލަންސުވާ" ވެބްސައިޓަށް ލިޔުންތައް ލިޔެދީ ރޭޑިއޯ ޕްރޮގްރާމްތައް ވެސް ހުށަހަޅާފައިވެއެވެ.

ސިވިލް ސާވިސްއާ 2011 ވަނަ އަހަރުގުޅުމަށްފަހު، ޖެނޮސައިޑް ފޯސްގައި ވޮލަންޓިއަރެއްގެ ގޮތުގައި އޭނާ ބައިވެރިވިއެވެ. އޭގެ ފަހުން، އަވިހާއި އަދްރައިގެ ދަށުން އަރަބި ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތް ފެށިއެވެ.

އޭނާގެ ޕްރޮޕެގެންޑާގެ މަސައްކަތަށް 2015 ވަނަ އަހަރު އިސްރާއީލުގެ ރައީސް ރޭވެން ރިވްލިންގެ އަތުން ހިތްވަރު ދިނުމުގެ މެޑަލް ލިބުނެވެ.

ވާވިޔާ ވަނީ 2019 ވަނަ އަހަރުން ފެށިގެން، އަރަބި އާންމުންނަށް އަމާޒުކޮށްގެން، ޑިޖިޓަލް މީޑިއާގައި އޭނާގެ ހަރަކާތްތައް ވަރުގަދަކޮށްފައެވެ. މިގޮތުން، ޕްރޮމޯޝަނަލް ވީޑިއޯތައް އުފެއްދުމާއި އަރަބި ފުޞްޙާއާއި އެކި އަރަބި ބަހުރުވައިން އޭނާ މީޑިއާ ކޮންޓެންޓް ގެނަސްދީފައި ވެއެވެ.

އަދުރުއީ އެކޭ އެއްފަދައިން އޭނާވެސް ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ދޮގު ހަދީސްތައް ގެނަސްދީ އިޒްރޭލަށް ފަހިވާ ގޮތަށް ޤުރުއާނުގެ އާޔަތްތައް މާނަކޮށްދީ ހަދައެވެ.

ފަލަސްޠިނުގެ މިނިވަންކަމަށް ކޮމާންޑަރު ޔަޙުޔާ އިބްރާހީމް ސިންވާރު ފެށްޓެވި، އަޤްޞާ ޠޫފާނަށް ފަހު، ޔަހޫދީން ފެށި ޖެނޮސައިޑްގައި ވާވިޔާގެ މަޝްހޫރުކަން އިތުރުވެގެން ދިޔައެވެ.

އޭނާގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޣައްޒާ، ހުޅަނގު އައްސޭރި، ލުބުނާން، އަދި ސީރިއާގައި ޖެނޮސައިޑް ފޯސްއިން ހިންގި އުދުވާނީ އޮޕަރޭޝަންތައް ދިފާއުކުރާށެވެ. މީގެ އިތުރުން ޖެނޮސައިޑް ސަރުކާރުން އީރާނަށް ބޮން އެޅުމާ ގުޅިގެން ޖެނޮސައިޑް ދިފާއުކޮށް ވާހަކަ ދެއްކުމުން އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ.

ހިއްސާ ކުރައްވާ!