ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އަޅައިފި

ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވައިފި އެވެ. ޖެނޮސައިޑް ހިންގާ ދައުލަތުން މިފިޔަވަޅު އަޅާފައި ވަނީ ޣައްޒާއަށް ބޯކޮށް ވެހި ފެންބޮޑުވެ، ފޭލިގެތައް ހަލާކުވެ ފިނީގައި މީހުން އިތުރު ތަކްލީފުތައް ތަހައްމަލު ކުރަމުންދާއިރު އެމީހުންނަށް އިތުރަށް ނުހޮރޮއްޕާން ކުރުމުގެ ބޭނުމުގައެވެ.

ޖެނޮސައިޑް ހިންގާ ޔަހޫދީން ބޮން އެޅުމުގެ ސަބަބުން ޣައްޒާގެ ގިނަމީހުން ދިރިއުޅެނީ ޖިފުޓިތަކާއި ފޭލިގެތަކުގައެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އ.ދ. ގެ އޭޖެންސީ އުންރުވާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 1.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ އެހީ ޖެނޮސައިޑް ހިންގާ އިޒްރޭލުން ވަނީ ހިފަހައްޓާފައެވެ.

ޔަހޫދީން ދަނީ ޖެނޮސައިޑް ނިންމައިފިކަމަށް ބުނެ މުސްލިމު ގައުމުތަކާއި އަރަބި ގައުމުތައް ޓްރަމްޕާ ގުޅިގެން ދުނިޔެއަށް ދަޅަ ދެއްކުމަށްފަހުވެސް ފަލަސްޠީނު މީހުންނަށް ބޮން އަޅައި ޖެނޮސައިޑް ހިންގަމުންނެވެ.

އުންރުވާއިން ބުނެފައި ވަނީ ޣައްޒާއަށް ވެކްސިން އެތެރެ ކުރުމަށް ކޮށްފައިޥާ މަސައްކަތަށްވެސް ޖެނޮސައިޑް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

ބިރަކާ ނުލައި ޖެނޮސައިޑް ހިންގާ ޔަހޫދީން އެހީގެ ސާމާނު ހުއްޓުވުމުން އެހީދޭ އޭޖެންސީތަކުން ބުނަނީ މިއީ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ޖަމާއީ ގޮތުން ޔަހޫދީން އަދަބު ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އަދި މިކަމުން އިންސާނީ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!