އިންޑިއާއިން އެމެރިކާގެ ވެސްޓް ކޯސްޓަށް ފުރަތަމަ ފަހަރަށް ޖެޓް ފިއުލްގެ ކާގޯ ޝިޕްމެންޓެއް ފޮނުވައިފިއެވެ. މި ކާގޯ ފޮނުވާފައިވަނީ ކެލިފޯނިއާގެ އެލްސެގަންޑޯ ރިފައިނަރީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ދިމާވި ދަތިކަމަށް ހައްލެއް ހޯދުމަށް، އެމެރިކާގެ ހަކަތަ އުފައްދާ މ،ައި ކުންފުނި ކުންފުނި ޝެވްރޮންއިން އެދުމުން ނެވެ.
ގާތްގަނޑަކަށް 60,000 މެޓްރިކް ޓަނުގެ މި ޖެޓް ފިއުލްގެ ކާގޯ ސަޕްލައ ކޮށްދީފައި ވަނީ އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ ޖާމްނަގަރު ބަނދަރުން ނެވެ. ކާސްޓެލްޓަން ކޮމޯޑިޓީސް އިން ހޯދައިގެން ފޮނުވި މި ކާގޯ، ޑިސެމްބަރު މަހުގެ ކުރީކޮޅު ލޮސް އެންޖަލިސްއަށް ފޯރާނެ ކަމަށް ލަފާ ކުރެވެއެވެ.
- އެމެރިކާގެ ހުޅަނގު އައްސޭރީގެ ޖެޓް ފިއުލް ސްޓޮކް ތިން މަސް ދުވަސް ތެރޭގައި އެންމެ ދަށް މިންވަރަކަށް 11.12 މިލިއަން ފީފާއަށް ވެއްޓުނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.
- އެމެރިކާގެ ވެސްޓް ކޯސްޓްގައި ޖެޓް ފިއުލް ފީފާއެއްގެ އަގު ސިންގަޕޫރުގެ އެފްއޯބީ އަގުތަކަށް ވުރެ 10 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައި ވެއެވެ،. ސިންގަޕޫރަކީ އޭޝިއާގެ ބެންޗްމާކެވެ.
- ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި އިރުއުތުރު އޭޝިއާ އިން އިމްޕޯޓް ކުރާ މުދާ އަގުހެޔޮ ކަމަށާއި، ދެކުނު ކޮރެއާ އިން ޝިޕިން ހަރަދު އޮކްޓޯބަރު މަހުން ފެށިގެން ޓަނަކަށް 40 ޑޮލަރުގައި ހުރި ކަމަށެވެ.
އަލިފާނުގެ ހާދިސާއަށް ފަހު މި ސަރަހައްދުގައި ޖެޓް ފިއުލްގެ ސްޓޮކް މިހާރު ހުރީ ތިން މަސް ދުވަހަށް ފުދޭ ވަރަށް އެކަންޏެވެ. މިއީ އިންޑިއާގެ ރިފައިނިންގ ދާއިރާއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމުގައި ބެލެވެއެވެ. ނަމަވެސް، ވިޔަފާރިވެރިން ފާހަގަ ކުރާ ގޮތުގައި، ގަވައިދުން މިފަދަ ސަޕްލައި ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އުތުރު އިރުމަތީ އޭޝިއާ ސަރަހައްދާ އަޅާ ބަލާއިރު، މި ސަރަހައްދުން މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމެވެ. އެމެރިކާއަށް އެތެރެކުރާ ޖެޓް ފިއުލްގެ ބޮޑު ބައެއް ހިއްސާ ކުރަމުންދަނީ މިހާރުވެސް އުތުރު އިރުމަތީ އޭޝިއާ ސަރަހައްދުންނެވެ.







