ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތަކާއި، "ބިން ހިފުން" އިތުރު ވެއްޖެ

ހުޅަނގު އައްސޭރީގައި ޔަހޫދީން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ މައްޗަށް ސީއެންއެން އިން ތަފްސީލީ ރިޕޯޓެއް ނެރެފިއެވެ. ސީއެންއެން އިން ބުނަނީ މިއީ ދިފާއެއްގެ ގޮތުން ަޔހޫދީން ހިންގާ އުދުވާންތަކެއް ނުން ކަމަށާއި މިއީ "ބިން ހިފުމުގެ" ސީދާ އަމަލެއް ކަމަށެވެ.

ސީއެންއެން ގެނަސްދީފައިވާ ވީޑިއޯއިން ފެންނަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޔަހޫދީން ދެމުންދާ ހަމަލަތައް އިތުރތު ވަމުންދާ ތަނެވެ. އެގޮތުން، މިހާތަނަށް ޔަހޫދީން ވަނީ ފަލަސްތީނުގެ ބިމުގެ 14 އިންސައްތަ ހިފާފައި ކަމަށް ބުނެއެވެ. އަދި ދުވާލެއްގެ މައްޗަށް ފަަލަސްޠީނު މީހުންނާ ދެކޮޅަށް ނިސްބަތުން 8 ހަމަލާ ދެމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ހަމަލާތަކަށް ޖެނޮސައިޑް ސިފައިންގެ ފަރާތުން ސީދާ އެހީތެރިކަން ލިބެމުންދާ ކަމަށްވެސް ސީއެންއެން އިން ވަނީ ފާހަގަކޮށްފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ވެސް ވަނީ ސީއެންއެންއިން ކޮށްފައިވާ ރިޕޯޓަށް ތާއީދުކޮށް، މިއަހަރު ތެރޭގައި އެކަނިވެސް 1,000 އަށް ވުރެ ގިނަ ޔަހޫދީ ސެޓްލަރުން ހަމަލަ ދީފައިވާ ކަމަށް ބުނެފައެވެ. އ.ދއިން ވެސް މި ހަމަލަތައް ޑޮކިއުމެންޓް ކޮށްފައި ވެއެވެ.

އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޖެފްރީ ސެކްސް އާއި އެހެނިހެން ފަރާތްތަކުން ވެސް ބުނެފައި ވަނީ ޔަހޫދީން ދަނީ އދގެ ގެ ޤަރާރު 242 އަށް ކަނޑައެޅިގެން ފުރަގަސްދެ މުންނެވެ. އަދި މިހާރު އިޒްރޭލުން ދަނީ ހުޅަނގު އައްސެރީގައި ޔަހޫދީ ގައުމުގެ ދިދަތައް ޖަހައި އެބިންތައް އެމީހުންނަށް މިލްކުވެފައިޥާ ކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.

ސީއެންއެންގެ ރިޕޯޓާ ގުޅިގެން އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. އަދި ސުލްހައިގެ ނިވަލުގައި ޔަހޫދީންގެ އުދުވާން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ފަލަސްތީނުގެ ފަރާތްތަކުން އިންޒާރު ދެނީ ނަސްލީ ތަފާތުކުރުމުގެ ބިރުވެރިކަން ކުރިމަގުގައި އިތުރުވެދާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމުގައި ޔަހޫދީންނާ ދެކޮޅަށް ފިއްތުންތައް އިތުރުކުރުމަށް އެދިފައި ވެއެވެ.

 

ހިއްސާ ކުރައްވާ!