ފަލަސްޠީނުގެ ބިންތައް ހިފައި އެތަންތާނގައި ޔަހޫދީން އިންދައި ފަލަސްޠިނު މީހުންނަށް ނުހޮރޮއްޕާން ކުރުމަށް އިޒްރޭލަށް 1 މިލިއަން ޔަހޫދީން ގެނައުމަށް އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ. މިހަފްތާގައި ޔަހޫދީން ނިއުޔޯކުގައި ބާއްވާ ކޮންފަރެނސްގައި މިކަމަށް ވާހަކަ ދައްކައެވެ.
އިޒްރޭލުގެ ރަސްމީ އަންދާޒާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ޔަހޫދީންގެ އަދަދު ގާތްގަނޑަކަށް 15.7 މިލިއަންއަށް އަރައެވެ. އޭގެ ތެރޭގައި އިޒްރޭލުގައި އުޅޭ 7.4 މިލިއަން ޔަހޫދީންނާއި އެމެރިކާގައި އުޅޭ ގާތްގަނޑަކަށް 6.3 މިލިއަން މީހުން ހިމެނެއެވެ.
އިޒްރޭލަކީ "ޔަހޫދީ ރައްޔިތުންގެ ވަޒަނެއް" ކަމަށް ބުނެ އެތަނަށް ޔަހޫދީން ގެނައުމުގެ ބޭނުމަކީ ޖެނޮސައިޑް ހިންގައި ފަލަސްޠީނު މީހުންގެ ހޮލޮކޯސްޓް ހިންގުމުން ޔަހޫދީ ގައުމުގެ އިގްތިސާދު ހީނަރުވުމުން އެކަމުން އަރައި ގަތުމެވެ.






