ނަތަންޔާހޫގެ ސަރުކާރުގެ އެތެރޭގެ ކޯޅުންތަކާ ހެދި އެނާގެ ކެބިނެޓަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. ނަތަންޔާހޫ ގެންނަ ބަދަލުތަކުގެ ތެރޭގައި ޖެނޮސައިޑް ހިންގާ މިނިސްޓަރު އިސްރާއީލް ކާޓްސްގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރުމަށް ނިންމާފައި ވަނީ ޚާރިޖީ ވަޒީރު ގިޑޮން ސާއިރް އެވެ.
އިސްރާއީލް ހަޔޯމް އިން ބުނާ ގޮތުގައި ސިފައިންގެ ތެރެ ދެންމެ ދެންމެ ފަޅައިގެން ހިނގައިދާނެ ހެން ހީވެއެވެ. ސަރުކާރާއި ސިފައިންނާ ދެމެދު މައްސަލަތައް ހޫނުވެފައި ވެއެވެ.






