ޔޫރަޕްގެ އޯގާތެރިކަމުގެ ނަމޫނާ ދެއްކުމަށްޓަކައި ޖަރުމަނުން ވަނީ ޣައްޒާގެ ބަނޑަށް ޖެހިފައިވާ ހަތަރު ހިމާރަކަށް ހިމާޔަތް ދީފައެވެ. އިޒްރޭލުގައި ޖެނޮސައިޑް ހިންގި ފަރާތްތަކުގެ އެހީއާ އެކު ޖަރުމަނުން ގެންގޮސްފައިވާ 4 ހިމާރާއެކު ޖަރުމަންގެ އިންސާނީ ވަންތަކަން ފާހަގަ ކުރެވިގެން މީހުން ވަނީ ފާޑު ކިޔާފައެވެ. މި ކަމާ ގުޅިގެން ނޫސްތަކުން ވަނީ ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައެވެ.
ދެވަނަ ބޮޑު ހަނގުރާމައާއި ފުރަތަމަ ބޮޑު ހަނގުރާމަ ފެށި އަދި ގިނަ ޔަހޫދީން ނައްތާލުމަށް މަސައްކަތް ކުރި މި ގައުމަށް ހާލުގައި ޖެހިފައިވާ ފަލަސްޠީނު ކުޑަކުދިން މުހިންމެއް ނުވިއެވެ.
ޖަނަވާރުންނަށް އަޅާލާކަން ދެއްކުމަށް ޖަރުމަނާއި ފްރާންސް އަދި ބެލްޖިއަމްގެ އެކި ހިސާބުތަކުގައި ހިމާޔަތް ދިނުމަށް 100 އަށް ވުރެ ގިނަ ޙިމާރު ގެންގޮސްފައި ވެއެވެ.
މީޑިއަލް އީސްޓް މޮނިޓަރ އާއި މޮންޑޯވޭސް ފަދަ މީޑިއާއިން ވަނީ މިމީހުންގެ އިންސާނީ އިހުސާސް އައްސިވެފައިވާތީ އެކަމަށް މަލާމާތް ކޮށް ފާޑު ކިޔާފައެވެ.




