ސްރީލަންކާގައި ފެން ބޮޑުވެ 10 މީހުން މަރުވެއްޖެ

ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ލައިގަތް ފެން ބޮޑުވުމާއި ފަސްގަނޑު ދޮވެގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ބޮޑު ސަރަޙައްދުތަކަށް އަސަރުކޮށްފައި ވެއެވެ. މި ހާދިސާތަކުގައި 10 ވަރަށް މީހުން މަރުވެފައި ވެއެވެ. އަދި ދިހަހާސް މީހުންގެ ގެދޮރު ގެއްލިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މެދުނުކެނޑި ވާރޭ ވެހުމުގެ އަސަރު ބައިލައްކައެއްހައި މީހުންނަށް ކޮށްފައި ވެއެވެ. އަދި އަސްކަރީ ޓީމުތަކުން ދަނީ ހާލުގައި ޖެހިފައިވާ ބައެއް ޑިސްޓްރިކްޓްތަކަށް އެހީ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާއަށް މޫސުމީ ކާރިސާ ލައިގަތީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެހީދުމަށް 22 ހާސް ސިފައިން ނެރެފައި ވެއެވެ.

ހިއްސާ ކުރައްވާ!