ފަރަންސޭސިވިލާތުގެ ޕެރިހުގެ ސްކޫލްތަކެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ދެ އެޑިއުކޭޝަނަލް ސުޕަވައިޒަރުންނާއެކު 3 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. ފްރާންސްގެ ޖިންސީ ގޯނާ ކުރުމުގެ މި މައްސަލައާއެކު، ތައުލީމީ މުއައްސަސާތަކުގެ ތެރޭގައި ކުދިންގެ ރައްކާތެރިކަމާ ގުޅޭ މައުޟޫޢު އަލުން ބަހުސްގެ ތެރެއަށް ވަދެ، އާއިލާތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ނުރުހުން ވަނީ އުފެދިފައެވެ.
ފްރާންސަކީ އެންމެ މިނިވަންކަމާއެކު އަންހެނުން އުޅޭ ކަމަށް ބުނާ ކިރުހިއްޕިއާއި ބިކިނީއާއި ކޮންޑަމް އީޖާދުކޮށް އަންހެނުންނަށް ބަރަހަނާ މިނިވަންކަން ދިން ގައުމެވެ. ނަމަވެސް އެންމެ ގިނައިން ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓު ކުރާ ގައުމެވެ!

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މި 3 މީހުން ހައްޔަރުކުރީ ޕެރިހުގެ ތިން ސްކޫލެއްގައި އުމުރުން 3 އަހަރާއި 9 އަހަރާ ދެމެދުގެ 12 ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.
މީގެ ތެރެއިން އެއް މައްސަލައަކީ 15 ވަނަ އެރޮންޑިސްމަންޓް (ޑިސްޓްރިކްޓް) ގެ ސްކޫލެއްގައި އުމުރުން 6 އަހަރާއި 9 އަހަރާ ދެމެދުގެ 9 ކުއްޖަކަށް ސުޕަވައިޒަރަކު ޖިންސީ ގޯނާކުރި މައްސަލައެވެ.
މީގެ އިތުރުން، 20 ވަނަ އެރޮންޑިސްމަންޓްގެ ނާސަރީ ސްކޫލެއްގައި އުމުރުން 3 އަހަރާއި 4 އަހަރުގެ ދެ ކުއްޖަކަށް ގޯނާކުރި ދެ މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، މިކަމުގެ ތުހުމަތު ކުރެވެނީ ޓީޗަރެއްގެ ފިރިމީހާގެ މައްޗަށެވެ.
އަދި 10 ވަނަ އެރޮންޑިސްމަންޓްގައި، އުމުރުން 5 އަހަރުގެ އަންހެން ކުއްޖަކަށް އެހެން ސުޕަވައިޒަރަކު ގޯނާކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ހަމަ އެ ޑިސްޓްރިކްޓްގެ އެ މުއައްސަސާގައި، އުމުރުން 3 އަހަރާއި 4 އަހަރާ ދެމެދުގެ 6 ކުއްޖަކަށް ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށް ބަންދުގައި ބެހެއްޓި ނަމަވެސް، އޭނާގެ މައްސަލަ އަދި ޝަރީޢަތަށް ފޮނުވާފައެއް ނުވެއެވެ.
މި މައްސަލަތަކުގެ ތަޙުޤީޤު ހަވާލުކޮށްފައިވަނީ ޕެރިހުގެ ޖުޑީޝަލް ޕޮލިސްގެ ދަށުން ހިންގާ، މިފަދަ ނާޒުކު ކުށްތަކަށް ޚާއްޞަ "ޕްރޮޓެކްޝަން އޮފް މައިނާސް ޔުނިޓް" އާއެވެ.
ސްކޫލް ވަގުތުގެ ބޭރުން ހިންގާ ހަރަކާތްތަކުގެ ދާއިރާގައި އަނިޔާވެރިކަމާއި ޖިންސީ ގޯނާގެ ގިނަ ރިޕޯޓްތަކެއް ފާއިތުވި މަސްތަކުގައި ފްރާންސްގައި ވަނީ ފެންމަތިވެފައެވެ. މިއީ ވަޒީފާއަށް މީހުން އައްޔަންކުރުމާއި ޝަކުވާތަކަށް އިޖާބަދިނުމުގެ ނިޒާމުގައި ހުރި އުނިކަންތައްތައް ހާމަވެގެންދާ ކަމެއްކަމަށް ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން، ޕެރިހުގެ މުނިސިޕަލްޓީން މިދިޔަ ނޮވެމްބަރު މަހު ވަނީ ސްކޫލްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރުމުގެ ޕްލޭނެއް އިޢުލާނުކޮށްފައެވެ. މީގެ ތެރޭގައި ސުޕަވައިޒަރުންނަށް ދޭ ތަމްރީނުތައް ވަރުގަދަކުރުމާއި މޮނިޓަރިން ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.
ނަމަވެސް، ގިނަ އާއިލާތަކުން ދެކޭގޮތުގައި މި ފިޔަވަޅުތަކުން ނުފުދެއެވެ. އަދި ސިޔާސީ އަދި ޝަރުޢީ ދާއިރާގައި "ހަނުހުރުމުގެ ސަގާފަތެއް" އޮތް ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކަށް އާއިލާތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ކުދިންނަށް އަނިޔާއެއް ލިބޭކަން ދެނެގަނެވޭނެ ނިޝާންތަކަށް ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ޕެރިހުގެ މުނިސިޕަލްޓީން ވަނީ ގައިޑެއް ނެރެފައެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ނިޝާންތަކަކީ:
ކުއްލިއަކަށް މިޒާޖަށް ބަދަލުއައުން، ނިދުމުގެ މައްސަލަތައް، ކެއުމުގެ އާދަތަކަށް ބަދަލުއައުން، ހަށިގަނޑުގައި ރިއްސާކަމުގެ ޝަކުވާ ތަކުރާރުކުރުން، އަމިއްލައަށް ކޮންޓްރޯލް ނުވެވޭ ގޮތަށް ކުޑަކަމުދެވުން ފަދަ ކަންކަން، ކުއްލިއަކަށް ސްކޫލަށް ދާން ދެކޮޅުހެދުން، އަދި އުމުރާ ނުގުޅޭ ޖިންސީ އަމަލުތައް ދެއްކުމެވެ.
ތައުލީމީ ދާއިރާގައި ހިނގާ ޖިންސީ އަނިޔާވެރި އަމަލުތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕުން، ރިއާސީ ގަނޑުވަރުގެ އޮފިޝަލުންނާ ބައްދަލުކުރުމަށްފަހު ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އެ ގްރޫޕުން ގޮވާލާފައިވަނީ ވަޒީފާއަށް މީހުން ހޮވުމުގެ މިންގަނޑުތައް ހަރުކަށިކޮށް، މޮނިޓަރިން ވަރުގަދަކޮށް، އަދި ކުށްވެރިންނަށް ހަރުކަށި އަދަބު ދީގެން މި ކަން "ޖުމްލަގޮތެއްގައި އަލުން ބައްޓަންކުރުމަށެވެ".
އަދި ސްކޫލް ހަރަކާތްތަކުގެ ދާއިރާގެ ހާލަތު ވަޒަންކުރުމަށްޓަކައި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް ޚާއްޞަ ޤައުމީ މިނިވަން ކޮމިޝަނެއް ފަދަ މިނިވަން ކޮމިޝަނެއް އުފެއްދުމަށް ވެސް ވަނީ އެދިފައެވެ.
މި މައްސަލައިގެ ސަބަބުން ފަރަންސޭސިވިލާތުގެ އާއިލާތަކާއި ތައުލީމީ މުއައްސަސާތަކާ ދެމެދު އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ފަރަންސޭސިންގެ ޝަހުވާނީ އެދުމާއި ޖިންސީ ޖަރީމާތައް އިންތިހާއަށް







