2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އެ ޓީމުގެ ފައިނަލް ސްކޮޑް އިއުލާންކޮށްފިއެވެ.
ޕޮޗެޓީނޯ އެކުލަވާލި 26 ކުޅުންތެރިންގެ މި ސްކޮޑުގައި، އަނިޔާގެ ސަބަބުން މިދިޔަ މާޗް މަހުގެ ކޭމްޕުން ފުރުސަތު ނުލިބުނު ސާޖީނިއޯ ޑެސްޓް އާއި ޓައިލާ އެޑަމްސް އަދި ހާޖީ ރައިޓް ވަނީ އަނިޔާއިން ސަލާމަތްވެ އަލުން ޓީމާ ގުޅިފައެވެ. މީގެ އިތުރުން ޖިއޯ ރޭނާ އާއި އަލެހަންދްރޯ ޒެންޑެހާސް ވެސް ވަނީ ސްކޮޑަށް ނަގާފައެވެ. ނަމަވެސް ޑިއޭގޯ ލޫނާ އާއި ޓެނާ ޓީސްމަން އަށް މިފަހަރުގެ ސްކޮޑުން ފުރުސަތެއް ނުލިބެއެވެ.
މި ސްކޮޑުގައި ހިމެނޭ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެމެރިކާގެ ކުރީގެ ކޯޗު ގްރެގް ބާހަލްޓާގެ ދަރިފުޅު ސެބަސްޓިއަން ބާހަލްޓާ އެވެ. އޭނާއަކީ މިހާރު އެމެރިކާ ޓީމުގައި ކޯނަރުތައް ޖެހުމަށް އެންމެ އިތުބާރުކުރެވޭ އެއް ކުޅުންތެރިޔާއެވެ. ޖުމްލަ ގޮތެއްގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު 13 ކުޅުންތެރިއަކު މި ސްކޮޑުގައި ހިމެނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް، ޔުވެންޓަސްގެ ވެސްޓަން މެކެނީ އަދި ޓިމޮތީ ވިއޭ ހިމެނެއެވެ.
އެމެރިކާގެ ވޯލްޑް ކަޕް ސްކޮޑު:
- ގޯލްކީޕަރުން: ކްރިސް ބްރޭޑީ، މެޓް ފްރީޒް، މެޓް ޓާނާ.
- ޑިފެންޑަރުން: މެކްސް އާފްސްޓަން، ސާޖީނިއޯ ޑެސްޓް، އެލެކްސް ފްރީމަން، މާކް މެކެންޒީ، ޓިމް ރީމް، ކްރިސް ރިޗަޑްސް، އެންތަނީ ރޮބިންސަން، މައިލްސް ރޮބިންސަން، ޖޯ ސްކޭލީ، އޮސްޓިން ޓްރަސްޓީ.
- މިޑްފީލްޑަރުން: ޓައިލާ އެޑަމްސް، ސެބަސްޓިއަން ބާހަލްޓާ، ވެސްޓަން މެކެނީ، ޖިއޯ ރޭނާ، ކްރިސްޓިއަން ރޯލްޑަން، މާލިކް ޓިލްމަން.
- ފޯވާޑުން: ބްރެންޑަން އާރޮންސަން، ފޮލަރިން ބަލޮގަން، ރިކާޑޯ ޕެޕީ، ކްރިސްޓިއަން ޕުލިސިޗް، ޓިމޮތީ ވިއޭ، ހާޖީ ރައިޓް، އަލެހަންދްރޯ ޒެންޑެހާސް.
މިފަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުލުން ނިމިފައިވާއިރު، އެމެރިކާ ހިމެނެނީ ގްރޫޕް 'ޑީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޕެރަގުއޭ، އޮސްޓްރޭލިއާ އަދި ތުރުކީއެވެ.







