އަންނަ މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފެށުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، ޓީމުގެ އަގު އެއް ބިލިއަނަށްވުރެ މައްޗަށްދާ، މަޝްހޫރު އެތައް ތަރިންނެއް ހިމެނޭ ގިނަ ގައުމީ ޓީމުތަކެއް ވާދަކުރާނެއެވެ.
ކުޅުންތެރިންގެ އަގުތަކާއި މާކެޓް ވެލިއު ހާމަކުރާ ދުނިޔޭގެ މަޝްހޫރު ވެބްސައިޓް "ޓްރާންސްފަރ މާކެޓް" އިން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ވާދަކުރާ އެންމެ އަގުބޮޑު ޓީމުތަކަކީ:
-
1. ފްރާންސް (1.49 ބިލިއަން ޔޫރޯ): މުހިންމު ގިނަ ތަރިންނާއެކު ލިސްޓުގެ އެންމެ ކުރީގައި އޮތީ ފްރާންސެވެ.
މި ޓީމުގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ މައިކަލް އޮލީސޭ، ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ، ބާސެލޯނާގެ ޖޫލްސް ކޫންޑޭ އަދި އިންގްލެންޑްގެ މެންޗެސްޓަރ ސިޓީގެ ރަޔާން ޝެރްކީ ފަދަ ކުޅުންތެރިން ހިމެނެއެވެ. -
2. އިންގްލެންޑް (1.31 ބިލިއަން ޔޫރޯ): 2024 ވަނަ އަހަރުގެ ޔޫރަޕްގެ ރަނަރއަޕް އިންގްލެންޑް އޮތީ ދެވަނައިގައެވެ.
-
3. ސްޕެއިން (1.27 ބިލިއަން ޔޫރޯ): ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އޮތީ ތިންވަނައިގައެވެ.
-
4. ޖަރުމަނު (998 މިލިއަން ޔޫރޯ): މެނުއަލް ނޯޔާ އަދި ފްލޯރިއަން ވާޓްޒް ފަދަ ކުޅުންތެރިން ހިމެނޭ ޖަރުމަނު ޓީމު އޮތީ ހަތަރުވަނައިގައެވެ.
-
5. ޕޯޗުގަލް (972 މިލިއަން ޔޫރޯ): ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް އޮތީ ފަސްވަނައިގައެވެ.
-
6. ބްރެޒިލް (909.2 މިލިއަން ޔޫރޯ): ވިނީޝިއަސް ޖޫނިއަރ ހިމެނޭ ބްރެޒިލް ޓީމު ދެކުނު އެމެރިކާގެ ޓީމުތަކުގެ ކުރީގައި އޮތްއިރު، މުޅި ލިސްޓުން އެ ޓީމު އޮތީ ހަވަނައިގައެވެ.
-
7. ނެދަލޭންޑްސް (833 މިލިއަން ޔޫރޯ): މި ލިސްޓުގެ ހަތްވަނައިގައި އޮތީ ނެދަލޭންޑްސްގެ ގައުމީ ޓީމެވެ.
-
8. އާޖެންޓީނާ (768 މިލިއަން ޔޫރޯ): ދުނިޔޭގެ ތާރީޚީ ތަރި ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ، އަދި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އޮތީ އަށްވަނައިގައެވެ.
-
9. ނޯވޭ (597 މިލިއަން ޔޫރޯ): ލިސްޓުގެ ނުވަވަނައިގައި އޮތީ ނޯވޭއެވެ.
-
10. ބެލްޖިއަމް (548 މިލިއަން ޔޫރޯ): އެންމެ އަގުބޮޑު 10 ޓީމުގެ ލިސްޓުގެ އެންމެ ފުލުގައި އޮތީ ބެލްޖިއަމްގެ ގައުމީ ޓީމެވެ.






