ކްރިސްޓިއާނޯ ރޮނާލްޑޯ: ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ދުނިޔޭގައި އެންމެ އާމްދަނީ ބޮޑު ކުޅުންތެރިޔާ

އުމުރުން 40 އަހަރުން މަތިވެފައިވީ ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވޭތުވެދިޔަ 3 އަހަރުވެސް ދުނިޔޭގައި އެންމެ އާމްދަނީ ބޮޑު ކުޅިވަރު ކުޅުންތެރިޔާގެ މަޤާމު ދިފާޢުކޮށްފައެވެ. މަޝްހޫރު "ފޯބްސް" މެގަޒިންގެ ރިޕޯޓްތައް ބުނާގޮތުން، ސައުދީ އަރަބިއްޔާގެ އަލް ނަޞްރަށް ކުޅެމުންދާ ރޮނާލްޑޯއަށް 2026 ވަނަ އަހަރު މުސާރައާއި އިޝްތިހާރުތަކުން ޖުމްލަ 300 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރު އޭނާއަށް ލިބުނު 275 މިލިއަން ޑޮލަރާއި، 2024 ވަނަ އަހަރު ލިބުނު 260 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ވޭތުވެދިޔަ 11 އަހަރުގެ ތާރީޚަށް ބަލާއިރު، ދުނިޔޭގެ ހުރިހާ ކުޅިވަރުތަކެއްގެ އެތުލީޓުންގެ ތެރެއިން އެންމެ ކުރީގައި ރޮނާލްޑޯ 6 ފަހަރު ހިމެނިފައިވެއެވެ.

  • 2016 އަދި 2017: 88 މިލިއަން އަދި 93 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެންމެ ކުރީގައި.

  • 2023: ސައުދީގެ އައްނަޞްރަށް ބަދަލުވުމާއެކު 136 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އަލުން އެއްވަނަ ހޯދި.

މި މުއްދަތުގެ ތެރޭގައި އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ 2019 ވަނަ އަހަރު 127 މިލިއަން ޑޮލަރު އަދި 2022 ވަނަ އަހަރު 130 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު މި ލިސްޓުގެ އެއްވަނަ ހޯދާފައެވެ.

އެހެން ކުޅިވަރުތަކަށް ބަލާއިރު، 2018 ވަނަ އަހަރު އެމެރިކާގެ ބޮކްސިންގ ތަރި ފްލޮއިޑް މޭވެޑާ 285 މިލިއަން ޑޮލާއެކު އެއްވަނަ ހޯދިއިރު، 2020 ވަނަ އަހަރު ޓެނިސް ލެޖެންޑް ރޮޖާ ފެޑްރާ ވަނީ 106.3 މިލިއަން ޑޮލާއެކު އެއްވަނަ ހޯދާފައެވެ. އަދި 2021 ވަނަ އަހަރު މި ލިސްޓުގެ އެއްވަނަ ލިބުނީ 180 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އަޔަލޭންޑްގެ މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ފައިޓަރު ކޯނާ މެކްގްރެގަރއަށެވެ.

ހިއްސާ ކުރައްވާ!