އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީގެ ކޮންމެ ހަރަކާތަކަށް ކެމެރާތަކާއި އާންމުންގެ ނަޒަރު ހުއްޓިފައި ހުރުމުގެ ސަބަބުން ކުރިމަތިވާ ނުފޫޒުން ސަލާމަތްވުމަށް، އޭނާ ލަންޑަނަށް ބަދަލުވާން ޖެހުނު ސަބަބު ކޯލީއާއެކު ކުރިން ކުޅުނު އިނގިރޭސި ކުޅުންތެރިޔާ ލިއަމް ލިވިންގްސްޓަން ހާމަކޮށްފިއެވެ.
އިންޑިއަން ޕްރިމިއާ ލީގުގެ ރޯޔަލް ޗެލެންޖާސް ބެންގަލޫރު ޓީމުގައި ކޯލީއާއެކު ކުރިން މަސައްކަތް ކުރި ލިވިންގްސްޓަން ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ، ކޯލީއަކީ ދަނޑުން ބޭރުގައި ވަރަށް ހަމަހިމޭން، އާއިލީ، އަދި އެކުވެރި މިޒާޖެއްގެ މީހެއް ކަމަށެވެ. ނަމަވެސް ދަނޑުމައްޗަށް ނުކުތުމާއެކު އޭނާ ވަރަށް ވާދަވެރި އަދި ހަރުކަށި ކުޅުންތެރިއަކަށް ބަދަލުވާ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާ ދޫކޮށްލަން ނިންމި ސަބަބުތައް
-
ލިވިންގްސްޓަން ބުނި ގޮތުގައި، އިންޑިއާގައި ކޯލީއަށް ލިބިފައިވާ އާދަޔާޚިލާފު މަޝްހޫރުކަމާއި، ކޮންމެ ވަގުތަކު އާންމުންގެ ސަމާލުކަން އޭނާއަށް ހުއްޓިފައި އޮތުމަކީ ކޯލީ މާ ގަޔާވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެއްވެސް މީހެއްގެ އުނދަގުލެއް ނެތި، މިނިވަންކަމާއެކު ބޭރުގައި އުޅެވޭނެ ހަމަހިމޭން މާހައުލެކެވެ.
-
މަޝްހޫރުކަމުގެ ސަބަބުން އިންޑިއާގައި އުޅޭއިރު ގޭގައި ބަންދުވެފައި ހުންނަންޖެހޭ ހުރުމަކީ ކޯލީއަށް ވަރަށް އުނދަގޫ ކަމެކެވެ. އޭނާއަކީ އާއިލާއާއެކު ވަގުތު ހޭދަކޮށް، ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރަން ބޭނުންވާ މަޖާ މިޒާޖެއްގެ މީހެކެވެ.
-
ކޯލީގެ ކޮންމެ ހަރަކާތެއް ކެމެރާތަކުން ބަލަމުންދާތީ، އޭނާގެ ދަރިފުޅު އުފަންވުމަށްފަހު، ކުދިންނަށް އަމާން އަދި އާންމު ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއިން ބޭރަށް ބަދަލުވާން އޭނާ ނިންމިއެވެ.
ވިރާޓް ކޯލީ މިހާރު އޭނާގެ އަނބިމީހާ އަނުޝްކާ ޝަރުމާއާއި ދަރިންނާއެކު ދިރިއުޅެމުންދަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.







