ޗެމްޕިއަންސް ލީގު ފައިނަލްގައި އާސެނަލް ބަލިވި މެޗުގައި ނިންމާލި ޕެނަލްޓީ ބޭކާރުވުމުން ލިބުނު ހިތާމައާއެކުވެސް، ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް އަށް އާސެނަލްގެ ސަޕޯޓަރުން ދިން ލޯތްބާއި ސަޕޯޓް އިތުރުވެ، އޭނާގެ ޖާޒީ ވިކުނު އަދަދު 350 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ދަ އެތުލެޓިކް އިން ރިޕޯޓްކޮށްފިއެވެ.
ހަންގެރީގައި ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ގަބްރިއެލް ޖެހި ފަހު ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. މިއާއެކު ޕީއެސްޖީން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. ނަމަވެސް، ސަޕޯޓަރުން ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އުމުރުން 28 އަހަރުގެ ގަބްރިއެލްގެ ޖާޒީތައް ގިނަ އަދަދަކަށް ގަނެ، އޭނާއަށް އޮތް ތާއީދު ހާމކޮށްފައެވެ. އެ ހަފުތާ ބަންދުގައި އެންމެ ގިނައިން ވިކުނު ޖާޒީއަކަށްވީ އޭނާގެ ޖާޒީއެވެ. ބައެއް ވަގުތުތަކުގައި އެހެން ކުޅުންތެރިންގެ ޖާޒީއަށްވުރެ ދެގުނަ އިތުރަށް އޭނާގެ ޖާޒީ ވިކިފައިވެއެވެ.
ގަބްރިއެލް 2020 ގައި އާސެނަލްއާ ގުޅުނު ފަހުން 261 މެޗު ކުޅެފައިވެއެވެ. މި ސީޒަނުގެ ލީގުގައި 32 މެޗުގެ ތެރެއިން 30 މެޗުގައި އަދި ޔޫރަޕްގެ 15 މެޗުގެ ތެރެއިން 11 މެޗުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފައެވެ.






