ވޯލްޑް ކަޕް ކުލަގަދަކޮށް ފަށަނީ: އެސްޓާޑިއޯ އަޒްޓެކާ ބޮޑު އީދެއްގައި!

މުޅި ދުނިޔެ އިންތިޒާރު ކުރަމުންދިޔަ ބޮޑު މުބާރާތުގެ ފުރަތަމަ ހުޅުވުމުގެ ރަސްމިއްޔާތު، މެކްސިކޯ ސިޓީގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ! މިއީ މި ފަހަރުގެ މުބާރާތް ބާއްވާ ތިން ގައުމުގައި ބާއްވާ ރަސްމީ ތިން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެންމެ ފުރަތަމަ ރަސްމިއްޔާތެވެ.

ސްޓޭޑިއަމްގެ މެދުގައި ބަހައްޓާފައިވާ ވޯލްޑް ކަޕް ތަށީގެ ބޮޑު ރެޕްލިކާއެއްގެ ވަށައިގެން، ގިނަ އަދަދެއްގެ ނަށާލުންތެރިން ކުލަގަދަ ހުށަހެޅުންތަކެއް ދައްކަމުންދާއިރު، މުޅި ދަނޑު އޮތީ ސަޕޯޓަރުންގެ އަޑުން ގުގުމާލާފައެވެ.

"އަހަރެމެންނަކީ ތަފާތު ސަގާފަތްތަކާއި، ތާރީޚާއި، އަދި ފަޚުރުވެރިކަމުން ފުރިގެންވާ ގައުމެއް. ފުޓްބޯޅައަކީ އެއް ވިންދެއް ޖަހާ، ހުރިހާ ގައުމުތަކެއް އެއްބައިވަންތަކޮށްދޭ އެއްޗެއް،" ރަސްމިއްޔާތުގެ އެނައުންސަރު މުޅި ދުނިޔެއަށް ދިން މެސެޖު

ހުޅުވުމުގެ ރަސްމިއްޔާތުގެ ފޯރިގަދަ ހުށަހެޅުންތަކަށްފަހު، ދެން އޮތީ އެންމެން އިންތިޒާރުކުރާ މެކްސިކޯ އާއި ސައުތު އެފްރިކާގެ ބޮޑު ކުރިމަތިލުމެވެ. މެކްސިކޯއިން މޮޅަކާއެކު މުބާރާތް ފަށާ މަންޒަރު ބަލަން ދަނޑުގެ ފޯރި މިހާރު ހުރީ އެންމެ މަތީގައެވެ!

ހިއްސާ ކުރައްވާ!