ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ހަދަން ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި

މާލޭގެ ސަލްޓަން ޕާކުގައި ޒަމާނީ އީ-ސްޕޯޓްސް އޭރިއާއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫއަކީ ޒުވާނުންގެ މެދުގައި މަގުބޫލުވަމުންދާ ކޮމްޕެޓިޓިވް ގޭމިން ނުވަތަ އިލެކްޓްރޯނިކް ކުޅިވަރުތަކަށް ހާއްސަ މަރުކަޒެއް ވެރިރަށުގައި ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ބީލަންތައް އިވެލުއޭޓްކުރުމާއި ހަވާލުކުރުން ކުރިއަށްދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ މަސައްކަތްތައް އެވޯޑްކުރާ އުސޫލުތަކުގެ އިތުރުން ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އަންނަ ޖުލައި މަހުގެ ހައެއްވާ ހޯމަ ދުވަހުގެ ހެނދުނު އެގާރަ ޖަހާއިރު މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!