ކާލޯސް ލަޓޫފް ވަނީ ފާއިތުވި 30އަށް ވުރެ ގިނަ ދުވަހު، ސިޔާސީ ކާޓޫނުތަކުގެ ޒަރީއާއިން މެދުއިރުމަތީގެ ހާލަތު ދުނިޔެއަށް ގެނެސްދީފައެވެ. އެމެރިކާއާއި އިޒްރޭލުން ސަރަހައްދުގައި ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔައި އޭނާ ކުރަހާފައިވާ ސިއާސީ ކާޓޫނުތަކަކީ ދުނިޔޭގައި އެންމެ ގިނައިން ހިއްސާކޮށް، އަލުން ޝާއިއުކުރެވޭ އެއް މަސައްކަތެވެ.
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކެއްގައި އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން،އީރާން މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ލަޓޫފް ވަނީ އެ ޚަބަރު ލިބުނު ވަގުތުގެ ޝުއޫރުތަކާއި، އޭނާގެ ކުރެހުމުގެ މަރުކަޒަކަށް އާޔަތުﷲ ޚާމަނާއީ ބަދަލުކޮށްލި ސަބަބާއި، އަދި އީރާނާ ބެހޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން ކުރެހުމުގެ ސަބަބުން ހުޅަނގުގެ މީޑިއާތަކުގެ ކަވަރޭޖާމެދު އޭނާ ދެކޭ ގޮތް ހާމަކޮށްފައެވެ. މިއީ އޭނާ މި އަދުގެ މުނާސަބާގައި ކުރަހަފައިވާ ކާޓޫނެވެ.







