އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އިޒްރޭލަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމެރިކާގެ ދިފާއީ ވަޒީރު އިޒްރޭލުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
-
މި ދަތުރުފުޅުގައި ޕީޓް ހެގްސެތް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އިޒްރޭލުގެ ދިފާއީ ވަޒީރު ޔިސްރާއިލް ކަޓްޒްއާ އެކުވެސް މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
-
މި ދަތުރުގެ އެންމެ މުހިންމު އެއް މަގުސަދަކީ، ތުރުކީއަށް އެމެރިކާއިން 'އެފް-35′ މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވިއްކުމާ ގުޅޭގޮތުން އެމެރިކާއަށް އަމުރ ުމައުރޫފު ހިންގާ އިޒްރޭލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް، އިޒްރޭލު ލޮއްސުން ކަމަށް ރިޕޯޓުތައް ބުނެއެވެ.





