ޖާމަނީގައި ހޫނުގަދަވުމުގެ ސަބަބުން 5000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ

ޖޫން މަހުގެ ފަހުކޮޅު ޖަރުމަނުވިލާތަށް ކުރިމަތިވި އާދަޔާ ޚިލާފު ހޫނުގަދަ މޫސުމުގެ ސަބަބުން ގާތްގަނޑަކަށް 5100 މީހުން މަރުވެފައިވާ ކަމަށް، އެ ޤައުމުގެ ބަލިތައް ކޮންޓްރޯލްކުރާ 'ރޮބާޓް ކޮކް އިންސްޓިޓިއުޓް' އިން އަންދާޒާކޮށްފިއެވެ.

ޖޫން މަހުގެ ފަހުކޮޅު ޖަރުމަނުގެ ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ގޮސް، ރެކޯޑު މިންވަރަކަށް ހޫނުގަދަވިއެވެ.

މި ހޫނުގަދަ މޫސުމުގެ ސަބަބުން ޤައުމުގެ އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން، ހޫނުގެ ސަބަބުން މަގުތައް ހަލާކުވެ ބައެއް ހައިވޭތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު އިރު، ރޭލު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވެސް ބުރޫއެރިއެވެ.

ހިއްސާ ކުރައްވާ!