ޖަރުމަނުގެ ބާލިންގައި ވޭނަކުން ޖައްސައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދިޔަ ޕްރައިޑް މާޗު ނިމުނު ސަރަހައްދު ކައިރިން، ހުދު ކުލައިގެ ވޭނެއް އާންމުންގެ ތެރެއަށް ވަދެ ގިނަ ބައެއްގެ ގައިގައި ޖެއްސައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ވޭން ވަނީ ޕްރައިޑް މާޗު ކުރިއަށްދިޔަ މަގުގެ އަރިމަތީގައި އޮންނަ "ޓިއަރގާޓެން" ޕާކުގެ ތެރެއަށް ވަދެ، ގިނަ ބައެއްގެ ގައިގައި ޖެއްސުމަށްފަހު ގަހެއްގައި ޖެހި އެކްސިޑެންޓްވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނީ ކިތައް އޮފިސަރުން ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ "ނިސްބަތުން ވަރަށް ގިނަ ފުލުހުން" އެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބާލިން ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރި ކުރު ވީޑިއޯއެއްގައި ފުލުހުންގެ އޮފިސަރު ފްލޯރިއަން ނާތު ބުނީ، "މި ކަމުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ޚާއްޞަ ސާޗް އޮޕަރޭޝަނެއް ދަނީ ހިންގަމުން" ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަޙުޤީޤު ފުލުހުން މިހާރު ވަނީ ފަށާފައެވެ.

ހިއްސާ ކުރައްވާ!