މިސިޓީގައި އަންހެނުންނާ ފިރިހެނުން ހިނގަން ވަކި ދުވާރެއް!

މިއީ އަފްޣާނިސްތާނެއް ނޫނެވެ. އެކަމަކު މި ވާހަކަ ހުޅަނގު މީޑިއާއިން ދައްކަން ބިރު ގަންނާނެއެވެ. މިއީ ޔަހޫދީ ޖެރީމުގެ ސިޓީއެކެވެ. އިސްރާއީލުގެ މެދުތެރޭގައި އޮންނަ ބަނީ ބްރާކް ސިޓީގެ މުނިސިޕަލްޓީން، އެ ސިޓީގެ ހާމުދުރުންނާއި ފާދިރީންގެ ގެ އިރުޝާދުގެ ދަށުން، ބައެއް ބޮޑެތި މަގުތަކުގެ ދުވާރުމަތީގައި ފިރިހެނުންނާއި އަންހެނުން ވަކިން ހިނގަންޖެހޭ ގޮތަށް ނިންމައިފިއެވެ. މި ނިންމުމާއެކު ދެ ޖިންސު ދުވާރުމަތީގައި މައްސުނި ވުމަކީ ހަރާން ކަމެއް ކަމަށް ކަނޑައަޅާފައި ވެއެވެ.

މިއީ އިސްރާއީލުގެ އާންމު މައިދާނެއްގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ މުނިސިޕަލްޓީއެވެ. މިގޮތުން އެ ސިޓީގެ "ޝްލޮމޯ ހަމީލެކް" އަދި "އެޒްރާ" މަގުގެ ދުވާރުތައް ވެސް ވަނީ އަންހެނުންނާއި ފިރިހެނުންނަށް ވަކިކޮށްފައެވެ.

އިސްރާއީލުގެ ޗެނަލް 13 އިން މި ކަން ރީތި ގޮތަކަށް ޔޫރަޕް މީހުން ހަޖަމްވާ ގޮތށް ގެނަސްދޭން ބުނީ  މި ފިޔަވަޅުގެ ބޭނުމަކީ މީހުން ތޮއްޖެހޭ ސަރަހައްދުތަކުގައި މަސްހުނިވުން ކުޑަކުރުމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ނިންމުން އެހެން މަގުތަކަށް ފުޅާކުރުމުގެ ވިސްނުންވެސް އެބަހުއްޓެވެ.

އިސްރާއީލުގެ މީޑިއާ ބުނާގޮތުގައި، މަގުތަކުގައި ފިރިހެނުންނާއި އަންހެނުން މަސްހުނިވުން ހުއްޓުވުމަށްޓަކައި އެ މަގުތަކުގައި ހުރަސްތަކާއި ބޯޑުތައް ހަރުކުރެވޭނެއެވެ. ޚާއްޞަކޮށް ކައިވެނީގެ ޙަފުލާތައް ބާއްވާ ހޯލުތައް ގިނަ އަދި ހިނގާ މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގައި މިކަން ބޮޑަށް ތަންފީޒު ކުރާނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ، އުސޫލީ ސަލަފީ ޔަހޫދީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިގެްނ ކަމަށް ބުނެއެވެ، އަދި ޔަހޫދީން ކުރި ކަމަކަށް ވީމަ މިއީ "އަބުރުވެރިކަމުގެ" މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ހަރަކާތްތައް ބެލެހެއްޓުމަށް ސިޓީގެ އިސް ފާދިރީން ފޮނުއްވި ސިޓީތަކާއި އިރުޝާދުތަކަށް އިޖާބަދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް ބުނެއެވެ.

އަފްޣާނިސްތާނުގައި ނޫނި އިސްލާމީ ގައުމެއްގަިއ ކުރި ކަމެއް ނަމަ މިމީހުންނަށް މުސްލިމުންނަށް ދޭނެ ލައްކަ ގިނަ ނަސޭހަތް އޮންނާނެއެވެ.

ޔަހޫދ ީމީޑިއާ  ބުނިގޮތުގައި، މުނިސިޕަލްޓީން ދަނީ ދުވާރުމަތީގައި ބޯޑުތައް ހަރުކޮށް، އަންހެނުންނާއި ފިރިހެނުން އެއް މަގަކުން ނުހިނގާނެ ފަދަ ގޮތަކަށް ހިނގާ މީހުންގެ ހަރަކާތްތައް ތަރުތީބު ކުރަމުންނެވެ.

މިމީހުން ވަނީ އަންހެނުންނާއި ފިރިހެނުން ބަހުގައި މައްސުނިވެ ދަތުރު ކުރުންވެސް މަނާ ކޮށްފައެވެ. އަދި އަންހެނުން ފެންނަ އިޝްތިހާރުތައް ދެއްކުންވެސް މަނާ ކޮށްފައެވެ. މިއީ އަފްޣާނިސްތާނު ތޯ ހިތަށް އަރައެވެ؟

އަދި މި ސިޓީގައި ޖިމްއެއް އުފެއްދުންވެސް ވަނީ މަނާކޮށްފައެވެ. މިތާގއި ޖިމް ހިންގުމަށް ހުއްދައެއް ނުދެއެވެ. މި ސިޓީގެ ކަންކަން ބަލަހައްޓަން ޚާއްސަ ފައުޖެއް އޮވެއެވެ. އެއީ ކުރިން ސައޫދީ އަރަބްގައި އޮތް އަމުރު ބިލްމައުރޫފި ވައްނަހީ އަނިލް މުންކަރި ޕޮލިސްއާ އެއްފަދަ "އަބުރުވެރިކަން ބަލަހައްޓާ ލޯކަލް ޕޮލިސް" އެވެ. އަފްޣާނިސްތާނުގައި މިފަދަ ޕޮލިސް އުޅޭތީ ހުޅަނގުން މައްސަލަ ޖައްސައެވެ. 

ޔަހުދީން މިފަދަ ކަމެއް ކުރުމުން އެމީހުންގެ ބާރުގެ ދަށުގައިވާ ހުޅަނގުގެ މީޑިއާއަށް މިކަމަށް ފާޑު ކިޔާކަށެއް ނުކެރޭނެއެވެ.

ހިއްސާ ކުރައްވާ!