ނަތަންޔާހޫގެ އަންހެނުން އުމުރަށް ގެންގުޅުމަށް ޝާބާކް އިން ނިންމައިފި

އިސްރާއީލުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ޖެނެރަލް ސެކިއުރިޓީ ސާވިސް ޝާބާކްގެ ވެރިޔާ ޑޭވިޑް ޒީނީ، ބުނީ ޖެނޮސައިޑް މޭސްތިރި ނަތަންގެ އަންހެނުން ސާރާ ނަތަންޔާހޫއަށް އުމުރަށް ގެންގުޅުމަށް އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ.  .

އެ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރުގެ އަންހެނުންގެ ފިއްތުންތަކާ ގުޅިގެން ނަތަންޔާހޫގެ ފިރިހެން ދަރިން ކަމަށްވާ ޔައިރް އަދި އަވްނިރްއަށް ދެވޭ ސަލާމަތީ ރައްކާތެރިކަން ވެސް 5 އަހަރުގެ މުއްދަތަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް، މި ނިންމުން ތަންފީޒު ކުރުމަށްޓަކައި ޝާބާކްގެ ވަޒީރުންގެ ކޮމިޓީގެ ހުއްދަ ބޭނުންވާނެއެވެ.

ނަތަންޔާހޫ ވަނީ އޭނާއަށް އިންތިޚާބަށް ފަހު މަގާމު ގެއްލި ޖަލަށް ޖާން ޖެހިދާނެ ކަމަށް ބަލައިގެން ކުރީގެ ބޮޑުވަޒީރުންގެ އާއިލާތަކަށް ދެވޭ ސަލާމަތީ ރައްކާތެރިކަމުގެ މުއްދަތު އެތައް އަހަރަކަށް އިތުރުކުރުމަށް ޖާސޫސީ އިދާރާތަކަށް ފިއްތާފައެވެ.

ހިއްސާ ކުރައްވާ!