އަލްޖީރިއާއިން 25 ހާސް މުސްޙަފް ޕެރިހުގެ ބޮޑުި މިސްކިތަށް ހަދިޔާކޮށްފި

އަލްޖީރިއާގެ ސަގާފަތާއި ހުނަރުވެރިކަމާ ބެހޭ ވަޒީރު، ޕެރިހުގެ ގްރޭންޑް މިސްކިތަށް އެ ޤައުމުން ޗާޕްކުރި ޤުރުއާން ހަދިޔާކުރައްވައިފިއެވެ. އަލްޖީރިއާގެ ވަޒީރު މަލިކާ ބަންދޫދާ ހުކުރު ދުވަހު އޭނާގެ ރަސްމީ އެފްބީ ޕޭޖުގައި ޝާއިއުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އަލްޖީރިއާއިން ޕެރިހުގެ ގްރޭންޑް މިސްކިތަށް ކީރިތި ޤުރުއާންގެ 25،000 ކޮޕީ ހަދިޔާކޮށްފައިވާ ކަމަށެވެ.

މިއީ ފަރަންސޭސިވިލާތުގައި ދިރިއުޅޭ އަލްޖީރިއާގެ ރައްޔިތުންނާއި މުސްލިމުންގެ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން ކޮށްފައިވާ ހަދިޔާއެއް ކަމަށާއި، ހުޅަނގުގެ އެހެން ޤައުމުތަކުގައި ދިރިއުޅޭ އަލްޖީރިއާގެ ރައްޔިތުންނަށް ވެސް މިފަދަ ޕްރޮގްރާމްތައް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްޖީރިއާގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ ކީރިތި ޤުރުއާން ޗާޕުކުރުމަށް އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދު ތައްބޫން ދެއްވާ އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ޤުރުއާން ތަރުޖަމާ ކޮށްފައި ވަނީ އަލްޖިރިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕްރިންޓިންގ އާޓްސް އިންނެވެ.

މި މުސްހަފްތަކަކީ އަލްޖީރިއާގައި ޤުރުއާން ކިޔަވައި އުޅޭ ވަރްޝްގެ ރިވާޔަތަށް ކިޔަވާ ގޮތަށް ޗާޕްކޮށްފައިވާ މުސްހަފް ތަކެކެވެ. މި މުސްހަފަށް ނަން ދީފައި ވަނީ މުސްހަފް އަލްޖީރިއާގެ ނަމުންނެވެ. Algeria Gifts 25,000 Copies of Quran to Grand Mosque of Paris

ހިއްސާ ކުރައްވާ!