އެމެރިކާއަކީ އަމިއްލަ ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ގާބިލުކަން ނެތް ގައުމެއް

އެމެރިކާ ސަރުކާރުން ތޮޅެލުމަށްޓަކައި އައު ދުޝްމަނެއް ހޯދުމުގެ ގަތުން ޓްރަމްޕް ވަނީ އެމެރިކާގެ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވި ކަމަށް ބުނެ ޗައިނާއާ ދިމާކޮށްފައެވެ. ޓްރަމްޕްގެ ސަރުކާރުން މިހާރުވެސް ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމަ ކުރަމުން ދެއެވެ.

ޗައިނާއަކީ އީރާނާއި ރަޝިޔާއާއެކު އެމެރިކާއަށް ކޮންޓްރޯލު ނުކުރެވޭ އެމެރިކާއަށް ދީލާ ނުލައި އެމެރިކާގެ އާދެ މަސާހިބު ސިޔާސަތާ ދެކޮޅު ހަދާ ގައުމުތަކެވެ. ޗައިނާ ފިޔަވައި އެހެން ހުރިހަިއ ގައުމަކާ ދެކޮޅަށް އެމެރިކާއިން ވަނީ އަސްކަރީ ކުރިމަތި ލުން ފަށާފައެވެ. ރަޝިޔާއާ ދެކޮޅަށް ހިންގަނީ ޕްރޮކްސީ ހަނގުރާމައެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020 ވަނަ އަހަރުގެ އެމެރިކާގެ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ބުހުތާން ދޮގު ހެދުމުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދާއެކު އޮތް ގުޅުން މުޅިން ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޓްރަމްޕް މި ތުހުމަތުތައް ކުރެއްވީ އަންނަ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބުން ކާމިޔާބީ ހޯއްދެވުމަށް ބޭނުން ވާތީ ޗައިނާއަކީ ނުރައްކަލެއް ކަމަށް ދައްކަން ވެގެންނެވެ.

ވައިޓް ހައުސްއިން ބުރާސްފަތި ދުވަހުގެ ރޭ ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚާއްސަ ބަޔާނެއްގައިއިތުރުފުޅު ހައްދަވަނުން ޓްރަމްޕް ވިދާޅުވީ، ޗައިނާ ސަރުކާރުން އެމެރިކާގެ 220 މިލިއަން ވޯޓުލާ މީހުންގެ ސިއްރު ލިޔެކިޔުންތައް ވަގަށް ނަގާފައިވާ ކަމަށެވެ.

ޓްރަމްޕަކީ އާންމުކޮށް ދޮގު ވާހަކަ ފަތުރާ ޚަބީސް މިޒާޖެއްގެ މީހެކެވެ.

ޓްރަމްޕް އުފެއްދި ބުހުތާނު ދޮގު ވާހަކައިގައި ބުނީ ޗައިނާއިން މީހުންގެ ނަމާއި، އެޑްރެހުގެ އިތުރުން ނާޒުކު ޒާތީ މަޢުލޫމާތުތައް ވަގަށް ނެގި ކަމަށެވެ.

ޓްރަމްޕްގެ މި ދޮގަކީ ތެދެެއް ކަމުގައި ވާނަމަ އެއިން އެނގެނީ އެމެރިކާއަކީ އަމިއްލަ ރައްޔިތުންގެ މައުލޫމާތު ރައްކާ ކުރުމުގެ ގާބިލުކަންވެސް ލިބިފައި ނެތް ތިންވަނަ ދުނިޔޭގެ ގައުމަކަށް ވުރެން ހާލުގައި އުޅޭ ގައުމެއް ކަމަށެވެ.

ކުޑަކުދިން ޖިންސީ މުއާމަލާތައް ހޯދައި ދޭން އުޅުނު އެޕްސްޓީންގެ ދޯސްތު ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މިއީ "އިންތިޚާބީ ޑޭޓާގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ވައްކަމެވެ." ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން މީގެ ކުރިން ވަނީ މިކަލޭގެ ދައްކާ މި ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. ވޯލްސްޓްރީޓް ޖާނަލް

ހިއްސާ ކުރައްވާ!